ads
ރައީސުލްޖުމްހޫރީޔާ ގެ އޮފީސް
އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ވޭތަވެދިޔަ ތަނުގައި ދައުލަތުގެ އެކި މުއައްސަސާތަކުންނާއި އިދާރާތަކުން ރޭވިގެން އަނިޔާތައް ލިބުނު ފަރާތްތަކަށް މައްސަލަ ބެލުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އިންތިގާލީ އިްނސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮމްބަޑްޕާސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އާންމުކޮށް ހުޅުވާލައިފިއެވެ.
Advertisement

އޮމްބަޑްޕާސަން އޮފީހުން ބެލުމަށް ހަމަޖެހިފައިވަނީ 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއް ގެ ގޮތުގައި މަސައްކަތް ކުރަމުންދާ ފަރާތަކުން ނުވަތަ އެ މުއައްސަސާއެއްގައި މަސައްކަތް ކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަވާ ގޮތަށް ހިންގާފައިވާ އަމަލުތަކާ ގުޅޭ މައްސަލަތަކެވެ. 

އޮމްބަޑްޕާސަން އޮފީހުން ބުނީ މިއަދުން ފެށިގެން މިއަހަރުގެ އޮގަސްޓް 13 ވަނަ ދުވަހުގެ ކުރިން އެ އޮފީހުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް ބަލައިގަންނާނެކަމަށެވެ. 

މައްސަލަތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ އޮފީހުގެ ވެބްސައިޓުގައިވާ ފޯމްގައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށް ފަހު ބަދަލު ހޯދަން އެދޭ ފަރާތްތަކުން ބަދަލު ހޯދުމާއި ގުޅޭ ފޯމް ފުރިހަމަކޮށް ކުރުމަށް ފަހު ހުށަހެޅުމަށް އެ އޮފީހުންވަނީ އެދިފަ އެވެ. އޮންލައިންކޮށް ވެސް ފޯމް ހުށަހެޅޭނެކަމަށް އޮމްބަޑްޕާސަން އޮފީހުން ބުނެ އެވެ. 

މިހާތަނަށް 30 މުވައްޒަފުންނާއެކު، 16 މިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވާއިރު އިތުރު މުވައްޒަފުން ނަގަން ވަނީ އިއުލާނުކޮށްފައިކަމަށް އެ އޮފީހުން ބުނެ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށެހެޅުނު އިރު ހަމައެކަނި ރައީސް ނަޝީދުގެ ވެރިކަން ނިމުމާއި ރައީސް ސޯލިހުގެ ވެރިކަން ފެށުމާއި ދެމެދު ހިނގާފައިވާކަންތައްތަކަށް ހަމައެކަނި ހިމެނުމުން މި ގަނޫނަށް ވަރަށް ބޮޑު ފާޑު ކިޔުންތަކެއް އަމާޒުވިއެވެ. މި ކަމާގުޅިގެން 2020 ވަނަ އަހަރުގެ ނޮވެމްބަރު 29 ވަނަ ދުވަހު ވަނީ ރާއްޖޭ ގެ ފުރަތަމަ ޖުމްހޫރިޔާއިން ފެށިގެން ރައީސް ސޯލިހުގެ ވެރިކަމާއި ދެމެދު ހިނގާފައި ހުރި ހުރިހާކަމަކަށް އިންސާފު ލިބޭގޮތަށް ގާނޫނައް ބަދަލުގެނެސް ގާނޫނުފާސް ކުރެވިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް