ads
މާފަރު އެއާޕޯޓް--- ފޮޓޯ: ފޭސްބުކް
ކުރީގެސަރުކާރުން މާފަރާއި ކޫއްޑޫއެއާޕޯޓު ބޭރުގެ ބަޔަކަށްދިން:ފައްޔާޒު
ކުރީގެސަރުކާރުން މާފަރާއި ކޫއްޑޫ އެއާޕޯޓު 100 އިންސައްތަ ބޭރުގެ ކުންފުނިތަކަށް ދިންކަމަށާއި، މިހާރު ފާޑު ވިދާޅުވާ ބޭފުޅުން އޭރު ކޮބައިތޯ ސުވާލު ކުރައްވައިފިއެވެ.
Advertisement

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ ކުރީގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ޕީޕީއެމް/ޕީއެންސީ ހިންގުމުގައި އިސްކޮށް ތިއްބެވި ބޭފުޅުން ވެސް އަންނަނީ މި ގަވައިދު ބަދަލުކުރުމުން ކަންބޮޑުވުން ފާޅުކުރަމުން ކަމަށެވެ.

ނަމަވެސް މި ސަރުކާރުން މި ބަދަލު ގެނައުމާ ހަމައަށް އެ އުސޫލު އޮތީ އެއާޕޯޓު ހިންގުން 100 ޕަސެންޓު ބޭރުގެ ކުންފުނިތަކަށް އެއާޕޯޓުތައް އޯންކޮށް، އެއާޕޯޓުތައް ހިންގޭ ގޮތަށް ކަމަށެވެ. އަދި މި ސަރުކާރުން އެ އަދަދު 75 ޕަސެންޓު ބޭރުގެ ކުންފުނިތަކަށް ބަދަލުކުރި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެގޮތުން ފައްޔާޒް ވިދާޅުވީ 2012 ވަނަ އަހަރުގެ ތެރޭގައި ކޫއްޑޫ އެއާޕޯޓު ތަރައްގީކޮށް ހެދީ 100 ޕަސެންޓު ސިންގަޕޫރު ކުންފުންޏަކުން ކަމަށާއި އެތަން އޭރު ރީޖަނަލް އެއާޕޯޓްސް އިން ހިންގަމުން އަންނަނިކޮށް ރައީސް ޔާމީންގެ ވެރިކަމުގައި، 100 ޕަސެންޓް ފޮރިން އިންވެސްޓްމެންޓެއްގެ ގޮތުގައި ރާއްޖޭގައި ރެޖިސްޓްރީ ވެސް ނުކުރާ 'ކިއޯން ހޮންގް ކޮންސްޓްރަކްޝަން ޕީޓީއޭ ލިމިޓެޑް" ނަމަކަށް ކިޔާ ބޭރުގެ ކުންފުންޏަކަށް އެތަން ދިން ކަމަށެވެ. 

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ 2017 ވަނަ އަހަރު އަބޫދާބީ ޑިވޮލޮޕްމެންޓު ފަންޑާއެކު ނ. މާފަރުގެ އެއާޕޯޓު ޑިވޮލޮޕްމެންޓު އެއްބަސްވުމުގައި ސޮއި ކުރެވުނު ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ދިވެހި ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓު ކުރަން ދީފައިހުރި ނިސްބަތަށް ވުރެ ކުޑަ ނޫން ވަރަކަށް އެ އެއާޕޯޓު އޮޕަރޭޓްކުރަން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

މިކަން ކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ މިކަން މިހެން ހުރިއިރު މިއަދުގެ ސަރުކާރުން ކުރަން އުޅޭ ކަންކަމުގެ ވާހަކަ ދެއްކުމަކީ ދެފުށްކެހެރިވުން ކަމަށެވެ. 

" އެބޭފުޅުން ކުރައްވާފައި ހުރި ކަންތައް މިއަދު މީ ހާއިނުންނޭ، އަޒުލުކުރަންވީއޭ ކިޔުއްވާއިރު މިއީ އެ ބޭފުޅުން ކުރެއްވި ކަންތަކޭ. ސަރުކާރުން ނިކުމެ ކޫއްޑޫ އެއާޕޯޓު ދިން އިރު ކޮބައިތޯ އޭރު އަބްދުއްރަހީމް؟ ކޮބައިތޯ އިކޮނޮމިކް މިނިސްޓަރު؟ ކޮބައިތޯ ޑިފެންސް މިނިސްޓަރު؟ ނުދައްކަވައޭ އެވާހަކައެއް" ފައްޔާޒް

ފައްޔާޒް ވަނީ ރާއްޖޭގެ ރީޖަނަލް އެއާޕޯޓުތަކުގެ އެންމެ ހިއްސާއެއް ވެސް ބޭރު ގައުމެއްގެ ކުންފުންޏަކަށް ނުދޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް