ads
މިނިސްޓަރު އަސްލަމް--
6 އިންސައްތަ އިންޓްރެސްޓާއެކު ގެދޮރުވެރިޔާ ލޯނު ތައާރަފްކޮށްފި
އަތޮޅުތެރޭގައި ގެދޮރުއެޅުމަށް ހާއްސަކޮށްގެން، 6 އިންސައްތައިގެ އިންޓްރެސްޓު ރޭޓަކާއެކު "ގެދޮރުވެރިޔާ' ލޯނު ސްކީމް ތައާރަފްކޮށްފިއެވެ.

މި ސްކީމް ތައާރަފްކޮށްފައިވަނީ އޮންލައިންކޮށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެގޮތުން އެޗްޑީއެފްސީ މެދުވެރިކޮށް ކުރިއަށް ގެންދާ މި ލޯން ސްކީމްގެ ދަށުން ގެދޮރު ހެދުމަށް ފަސްލައްކަ ރުފިޔާ އާ ހަތް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ނެގޭއިރު، ލޯނު ދެއްކުމަށް 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއް ލިބިގެންދާނެއެވެ.

ލޯނުގެ ގްރޭސް ޕީރިއަޑެއްގެ ގޮތުގައި 12 މަހާއި 15 މަހާއި ދެމެދުގެ މުއްދަތެއް ލިބޭއިރު، ރާއްޖޭގެ ކޮންމެ ރަށެއްގެ މީހަކަށް ވެސް މި ލޯނަށް އެދި ލެވޭނެއެވެ. ލޯނަށް އެދި ލާންޖެހޭނީ ދެ ފަރާތުންނެވެ. ލޯނަށް އެޕްލައި ކުރުމުގައި އެމީހާގެ އާމްދަނީއާ އެމީހާ އެތަނަށް ލާން ޖެހޭ އިކުއިޓީގެ މިންވަރެއް ހުންނާނެއެވެ. އިކުއިޓީ މިންވަރެއްގެ ގޮތުގައި ލާން ޖެހެނީ 20 އިންސައްތައެވެ.

މިރޭގެ ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މި ލޯނުގެ ސަބަބުން އަތޮޅުތެރޭގައި ވަޒީފާ އަދާކުރާ ޒުވާނުން ހަދަން ފަށައި ނުނިމި ހުރި ގެދޮރު ނިންމާލުމުގެ އިތުރުން އަލުން ގެ އަޅަން ބޭނުންވާ ފަރާތްތަކާއި ގެދޮރު އައުކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް ފަހިވެގެން ދާނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް