އެމްޓީސީސީން ބުނީ މުޖުތަމަޢުގައި ދިރިއުޅޭ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހެދިގޮނޑުދޮށުގައި ރޭމްޕް ހެދުމުގެ މަޝްރޫޢު ގެ މަސައްކަތް މި މަހުގެ 13 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއަކީ އެކުންފުނީގެ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
މި މަޝްރޫޢުގެ ދަށުން، އެމްޓީސީސީން ވަނީ 48.24 އަކަ މީޓަރުގެ ވޯކްވޭއަކާއި ރޭމްޕެއް ހެދުމުގެ އިތުރުން ، ޗޭންޖިންގ ހޮއިސްޓެއް ހެދުމާއި، ޝޭޑިން ހަޓެއް ހެދުމުގެ މަސައްކަތް ކޮށްފައެވެ.
އެމްޓީސީސީ އާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތު ޑިސެބިލިޓީ (އެމްއޭޕީޑީ) ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓު ފަށައިފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ.