ads
އެމްޓީސީސީ، ހިންނަވަރު ޕްރޮޖެކްޓް
ޅ. ހިންނަވަރު ބަދަރު ތަރައްގީ ކުރުމުގެ މަަޝްރޫޢު ފަށައިފި
ޅ. ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ފަށައިފިއެވެ.

ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް އެލް ބްލޮކްތައް ކ.ތިލަފުށިން ޅ. ހިންނަވަރަށް މިހާރު ލޯޑް ކުރެވިފައިވާ ކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއެވެ. 

މިއީ 99.52 މިލިއަން ރުފިޔާގެ މަަޝްރޫއެކެވެ.

އެގޮތުން މި މަޝްރޫޢުގެ ދަށުން 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65،170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން ހިމެނެއެވެ. 

އޭގެ އިތުރުންވެސް 421 މީޓަރު ސަރަހައްދެއްގެ އެއްގަމު ތޮށި ލުމާއި، 123.9 މީޓަރު ސަރަހައްދެއްގެ ބޭރު ތޮށި ލުންވެސް ހިމެނެއެވެ. 

އެމްޓީސީސީން އިތުރަށް މައުލޫމާތު ދެއްވިގޮތުގައި، މި މަޝްރޫޢުގެ ދަށުން 170.55 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ކުރެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް