
ތޮއްޑޫގައި މި ހިދުމަތް ރަސްމީކޮށް ފައްޓަަވާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އއ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން އަންނަ ޒިޔާރަތުގެ ތެރެއިން އެރަށަށް މިއަދު ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ތޮއްޑޫގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ތޮއްޑޫ ބްރާންޗްގެ ބިންގާވެސް މިއަދު ވަނީ އަޅާފައެވެ. އެ އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަަދު ކަރަމްއެވެ.
ބީއެމްއެލް ތޮއްދޫ ބްރާންޗްގެ ބިންގާ އަޅަނީ
ބީއެމްއެލް އިން "މުޅި ރާއްޖެ އަށް ބިއެމްއެލް އޭޓީއެމް" ގެ ދަށުން މިހާރު ވަނީ އއ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ހިދުމަތް ދޭން ފަށާފައެވެ.
އއ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމުން މީހުން ދިރިއުޅޭ އަށް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ލިބޭނެއެވެ.