ads
އެޗްއާރްސީއެމްގެ މެމްބަރުން--
ކަސްޓޯޑިއަލް ޖަލުތަކާބެހޭ ގަވާއިދަށް އެޗްއާރްސީއެމްއިން 88 އިސްލާހު ހުށަހަޅައިފި
ކަސްޓޯޑިއަލް ޖަލުތަކާބެހޭ ގަވާއިދުގެ ޑްރާފްޓަށް ހިއުމަން ރައިޓްސް ކޮމިޝަނުން އިތުރު އިސްލާހުތަކެއް ހުށަހަޅައިފިއެވެ.

ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓުން ތައްޔާރުކޮށް އެޗްއާރްސީއެމްއިން ފާސްކޮސްފައިވާ ކަސްޓޯޑިއަލް ޖަލުތަކާބެހޭ ގަވާއިދުގެ ޑްރާފްޓަށް އެޗްއާރްސީއެމުން ވަނީ އިންސާނީ ހައްޤުތަކުގެ ނަޒަރުން ރިވިއު ކުރުމަށްފަހު ޖުމްލަ 88 އިޞްލާހު ހުށަހަޅައިފައެވެ.

އެޗްއާރްސީއެމުން ހުށަހެޅި އިޞްލާޙުތަކުގެ ތެރޭގައި ޕޮލިސް ކަސްޓަޑީގައި ހައްޔަރުގައި ތިބޭ މީހުންނަށް ލިބޭ އަސާސީ ޚިދުމަތާއި ޢިނާޔަތްތައް ތަޢާރުޟްނުވާނެހެން ވަކި ޚިދުމަތްތަކެއްގެ ގޮތުގައި ގަވާޢިދުގެ މާއްދާތަކުގައި ބަޔާންކުރުމާއި، އެއްވެސް ޙާލަތެއްގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީންނާއި ޤާނޫނާ ގަވާއިދުތަކުން ލިބިދޭ އެއްވެސް އަސާސީ ޙައްޤެއް އެއްވެސް މިންވަރަކަށް އުނި ނުކުރުމާއި މެދުކަނޑައިނުލުން ހިމެނެއެވެ.

އަދި އެފަދަ މީހަކު ރިމާންޑް ޖަލަށް ބަދަލުކުރަންޖެހޭ، އެހެންނަމަވެސް އެކި ސަބަބުތަކާހުރެ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭފަރާތްތަކަށް ކަނޑައެޅޭ އުޞޫލެއްގެމަތިން ޤާނޫނާ ގަވާއިދުތަކުން ކަށަވަރުކޮށްދީފައިވާ އެފަދަ ބަންދުމީހުންނަށް ރިމާންޑް ޖަލަކުން ލިބިދޭންޖެހޭ އަސާސީ ޙައްޤުތަކާ ޢިނާޔަތްތައް އެ ފަރާތްތަކަށް ލިބިދެވޭކަން ކަށަވަރުކުރުމާއި ވީހާވެސް އަވަހަށް މިފަދަ ފަރާތްތައް ރިމާންޑް ޖަލަކަށް ބަދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސުން އަދި އެމީހަކު ކުރާ ކުށުގެ ކުޑަބޮޑު މިނަށާއި، ކުށުގެ ބާވަތަށް ބަލައި ގިންތިކޮށް ކުޑަކުދިންނާއި، އަންހެނުންނާއި ފިރިހެނުން ވީހާވެސް ބޮޑަށް  އެއްބަޔަކު އަނެއްބަޔެއްގެ އަޑާއި ޙަރަކާތްތައް ނުފެންނާނެހެން އަދި އެފަރާތްތަކުގެ އިންސާނީ ކަރާމާތް ނުގެއްލޭނެހެން ކަސްޓޯޑިއަލްގައި ބޭތިއްބުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެމަތީން، ކަސްޓޯޑިއަލް ޖަލުގައި ބަންދުގައި ހުންނަ ހަމަ ކޮންމެ މީހަކަށްމެ އެއްވެސް ތަފާތުކުރުމެއްނެތި ލިބިދޭންޖެހޭ ޙައްޤުތަކާއި، ޢިނާޔަތްތަކާއި، ހިމާޔަތާއި ރައްކާތެރިކަން ލިބިދެވޭކަން ކަށަވަރުކުރުމަށާއި  ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މާބަނޑު މީހުންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމުގެ ޙައްޤާއި އެކަށީގެންވާ ޞިއްޙީ ފަރުވާ ލިބުމުގެ ޙައްޤު ކަށަވަރުކޮށްދޭން ޖެހޭ އިސްލާހެއް ވެސް ވަނީ ހުށަަހަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް