ads
ޝިފާ——
ޝިފާއެއް، ޝިފާ ގެބެންދާކަށް ދުލެއް ނުކޮށްލާނަން، ދިފާއުގަ އެއްޗެހި ބުނާނަން: ޝިފާ
ޓިކްޓޮކުން މަޝްހޫރުވި ތަރި ޝިފާ ޓިކްޓޮކްގައި ފެންނަނީ މަޑުމައިތިރި “ހަޖަމް” ކުރާ ޓައިޕު މީހެެއްގެ ގޮތަށެވެ. ޓިކްޓޮކް ވީޑިއޯތަކަށް ބަލައިލީމަވެސް މީހުން ކިޔާ ފާޑުކިޔުންތަކަށްވެސް “ބަަލައިގަނެވޭނެ”މިގޮތައް ޖަވާބުދީފައި ހުންނަތަން މީގެ ކުރިން ވަރަށް ގިނައިން ފެނުނެއެވެ.
Advertisement

އެހެންނަމަވެސް މި ނިމުނު ރޯދަމަހު ޓީވީ ޗެނަލަކުން ގެނެސްދިން ރިއަލިޓީ ޝޯއެއްގެ ތެރެއިން މިއީ މުޅިން ހަގީގަތެއް ނޫންކަން ފެނިގެންދިޔަ ހަދާން ވާނެކަންނޭގެއެވެ. އެ ޝޯގެ ތެެރެއިން ޝިފާގެ ފެނުނީ މުޅިން އެހެން ސިފައެކެވެ. ޝޯގައި ބައިވެރިވި ހުރިހާ ސެލެބްރިޓީން ތެރެއިންވެސް އެންމެ “ހައިޕާ” ކޮށް ފެނިގެންދިއައީ ޝިފާއެވެ.

އެޝޯގެ ތެރެއިން މީހަކު އެއްޗެއް ބުނާއިރަށް ޝިފާ ހައިޕާވާތީ ޝިފާ އަކީ މާ މަތީގަ އުޅޭ މީހެކޭ ވެސް މަޝްހޫރު އެކްޓަރު މަނިކުވެސް ވަނީ ބުނެފައެވެ. އެކަމަށް ޝިފާ ބުނީ އޭނާއަކީ އެފެންވަރު ހުރި މީހެއް ކަމަށެވެ. މަތީގައި އުޅެނީ އެހެންވެކަމަށާއި އޭނާއަކީ "ލައްކައެއް" ކަމަށްވެސް ބުނެފައިވެއެވެ. އަދި އޭނާއަކީ "ލައްކައިން އެކަތި" ކަމަށްވެސް ބުނެފައިވެއެވެ. އެކަން އޭނާއަށް ޔަގީންވާ ކަމަށްވެސް ބުނެފައިވެެއެވެ.

ކޮންމެއަކަސް މިއީ ޝިފާގެ މުޅިން ތަފާތު ސިފައެކެވެ. އަދި ހާއްސަކޮށް ފިލްމީ އިންޑަސްޓްރީގައި ގިނަ ދުވަސްތަކެއްވެ، އެތައް ތަޖުރިބާތަކެއް ހޯދާފައިވާ، މީހުންގެ ލޯބި ލިބުނު މަދުތަރިންގެ ތެރޭގައި ހިމެނޭ މަނިކުފަދަ، ޝިފާއަށްވުރެ ހުރިހާ ގޮތަކުންވެސް ދޮށީ، މަޝްހޫރު ފަންނާނަކާއި މިގޮތަށް މުހާތަބުކޮށް ޒުވާބުކުރާ މަންޒަރު ފެނިގެންދިއުމާއިއެކު، ފޯނުގެ ސްކްރީނުން ފެންނަ އެއްޗަކީ މުޅިން ހަގީގަތެއް ނޫންކަމަށާއި އަސްލު ސޫރަ މިފެންނަނީ މިކަހަލަ ހަގީގީ ދިރިއުޅުމުގެ ސީންތަކުންތަކުންކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ޝިފާއަށް އަމާޒުވެގެން ދިޔައެވެ.

އެފަހުން ބައިސްކޯފްގެ ޝޯއެއްގެ ތެރެއިން ނިމްޝާ އަދި ނަތާޝާއާއިއެކު ޝިފާ ފެނިގެންދިޔައިރު، ޕްރެޒެންޓަރު ވަނީ އިންޑަސްޓްރީގައި ޑީލް ކުރާގޮތަށް އައި ބަދަލުތަކަކީ ކޮބާތޯ އެފަންނާނުންނާ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެމުން ނިމްޝާ އަދި ނަތާޝާވެސް ބުނެފައިވަނީ ކުރާ ކޮމެންޓުތަކަށް އަޅާނުލަން ދަސްވިކަމަށާއި، އެހެންނަމަވެސް މަންމަ ނުވަތަ ދަރިއަކާއި ބެހޭނަމަ ދިފާއުގައި އެއްޗެހި ބުނާނެކަމަށް ބުނެފައެވެ. އެއާއިއެކު ޝިފާ ބުނެފައިވަނީ ކޮންމެ މީހެއްގެ ވެސް ޓޮލަރޭޓް ކުރުމުގެ ބައި އިންނާނީ ވަކި ހިސާބެއްގައި ކަމަށާއި، ކަޓައިގެން ދިޔައިމަ އަމިއްލަ މީހާގެ ދިފާއުގައި އެއްޗެއް ބުނުމަކީ އެއީ ރޫޑުވުމެއް ނުވަތަ އެއްޗެއްހިކިއުން ކަމަށް ޝިފާ ގަބޫލުނުކުރާ ކަމަށެވެ.

" ކޮންމެ މީހަކަށްވެސް އަސްލު އިންނާނެ ދޯ ވަކި ހިސާބަކަށް ޓޮލަރޭޓް ކުރެވޭނީ އަސްލު ކަންތައްތައް. އެއިން ކަޓާގެން ދިޔާމަ ތަންކޮޅެއް އަޑުބާރުވުމަކީ، ނޫނީ އަމިއްލަ ދިފާއުގަ އެއްޗެއް ބުނުމަކީ ޝިފާ ގަބޫލެއް ނުކުރަން އެއީ ރޫޑުވުމެއް، އެއީ އެއްޗިހި ކިއުމެއް ކަމަށް. ޝިފާއަށް މުހިންމުވާނެ ޝިފާގެ ސެލްފް ރެސްޕެކްޓް، ހަމަ ކޮންމެ މީހެއްގެ ކުރިމަތީގަވެސް ޝީފާއަށް ޝިފާ ގެނބެންދާކަށް ދުލެއް ނުކޮށްލާނަމޭ، ދިފާއުގަ އެއްޗެެހި ބުނާނަމޭ، އެމީހަކަށް ރޫޑުވަންޏާ އޯކޭއޭ އެމީހަކު އެބުރިލާފަ ދިޔަޔަސް" ޝިފާ ބުނެފައިވެއެވެ.

ޓިކްޓޮކުން މަޝްހޫރުވި އާޝާވެސް ސެލެބްރިޓީ ޝޯއިން ފެނިގެންދިޔައިރު ޝިފާއާއި އާޝާގެ ޒުވާބުގަނޑުތަކެއް ވެސް ޝޯއިން ފެނިގެންގޮސްފައިވެއެވެ. 

“ޖުމާހު އާއިއެކު އުޅެގެން އާޝާ އަކަށް އަސަރުކުރާކަށް ނުޖެހޭނެ”އޭ އާޝާއަށް ދިމާލަށް ބުނާ އަޑުވެސް އެޝޯގެ ތެރެއިން އިވިގެންދިޔައިރު ދެމީހުންގެ ޒުވާބުގަނޑު ބޮޑުވެ، ޝިފާ އާޝާގެ ގަޔަށް އަތްލާ މަންޒަރުވެސް ފެނެއެވެ. އަދި ދެމީހުން ޒުވާބުކޮށް ގަޔަށްއަތްލާ ހިސާބަށް ދިޔުމުން ޝިފާ ހުއްޓުވަން އެތަނުގައި އެވަގުތުތިބި މީހުންވެސް އެދެމީހުން ހުއްޓުވަން މަސައްކަތްކުރާތަން ފެނެއެވެ. އެހެންނަމަވެސް ފަހުންވެެސް މި ޒުވާބުގަނޑު ވަނީ ކުރިއަށް ގެންގޮސްފައެވެ.

 

މިކަމާއި ގުޅިގެން ކުރިން ނުހަނު އެކުގައި އުޅުނު އެދެމީހުންގެ ދެމެދުގައި ކުނި ޖެހި އެކަކު އަނެކަކުދެކެ ރުޅިއައިސްގެން ދެމީހުން އުޅޭކަމުގެ ވާހަކަތަކެއް ވެސް ފެތުރުނެވެ. ޝޯގެ ފަހުން ދެމީހުން އެއްކޮށް ފެންނަ ޓިކްޓޮކެއްވެސް ފެނިގެންނުދާތީ މިއަޑުތައް ވަނީ ވަކިން ގަދަވެފައެވެ.

20%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
47%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް