ads
ސޯލާ ޕެނަލް ހަރުކުރުން
13 ރަށެއްގައި އިޔާދަކުރަނިވި ހަކަތަ ގާއިމުކޮށް ދޭނެ ބަޔަކު ހޯދަނީ
ވޯލްޑް ބޭންކުގެ އެހީގައި ސޯލާ ހަކަތައިގެ ނިޒާމެއް 13 ރަށެއް ގާއިމުކުރުމަށް ނިންމާ އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މި މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ޑިޒައިން، ބިލްޑް، ފިނޭންސް، އޯންއޮޕެރޭޓް، ޓްރާންސްފަ އުސޫލުންނެވެ. ސޯލާ ހަކަތަ ގާއިމު ކުރަން ހަމަޖައްސާފައިވަނީ ލ.އަތޮޅު ގެ ބައެއް ރަށްތަކާއި، ގއ. ވިލިނގިލި، ދ. ކުޑަހުވަދޫ، ށ. ފޮނަދޫ އާއި ޅ. ނައިފަރު ގަ އެވެ.

އެ ރަށްތަކުގައި އެ މަޝްރޫއު ހިންގާނީ ވޯލްޑް ބޭންކްގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ އެކްސެލެރޭޓިން ރިނިއުބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިސް) ގެ ދަށުން ކަމަށާއި އެރަށްރަށުގައި 11 މެގަވޯޓް ސޯލާ ހަކަތައިގެ ނިޒާމްތައް ގާއިމު ކުރަން މިހާރު ވަނީ ފިނޭންސް މިނިސްޓްރީން ހުޅުވާލާފަ އެވެ. 

އެރަށްރަށުގައި ސޯލާ ހަކަތައިގެ ގާއިމް ކުރުމަށް އެދޭ ފަރާތްތައް ޕްރީކޮލިފައި ކުރުމުގައި އަމަލު ކުރަނީ ވޯލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަނާ އެއްގޮތަށް ކަމަށާއި ޕްރީ ކޮލިފިކޭޝަންގައި ބައިވެރިވާން ފައިނޭންސް މިނިސްޓްރީގައި ރަޖިސްޓަ ވާން ޖެހޭނެކަމަށް ފިނޭންސް މިިނިސްޓްރީން ބުނެ އެވެ. 

އެ ރަށްރަށުގައި އިޔާދަކުރަނިވި ހަކަތަ ގާއިމް ކުރުމުގެ މަސައްކަތަށް ބިޑް ކުރަން ބޭނުންވާ ފަރާތްތައްކުން ފީ އެއްގެ ގޮތުން 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ފީއެއް ދައްކަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ ޖޫން 17 އިން ސެޕްޓެމްބަރު ދެ ވަނަ ދުވަހާއި ހަމައަށް ފިނޭންސް އޮންލައިން ޕޭމަންޓް ޕޯޓަލް -ބަނޑޭރި ޕޭ މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހެވެ. 

މި މަޝްރޫއު އާ ބެހޭ އިތުރު މައުލޫމާތާއި ފޯމް މި މިނިސްޓްރީ ގެ ވެބް ސައިޓް ލިބެން ހުންނާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް