ads
ބާ ކައުންސިލްގެ މެމްބަރުންނާއި ރައީސް ބައްދަލުކުރައްްވަނީ--
ތަރުހީބު ނުލިބުމުން އިންތިހާބީ ކޮމިޓީއަށް މެންބަރަކު ހޯދަން އަލުން އިއުލާނުކޮށްފި
ބާ ކައުންސިލްގެ ބައި އިލެކްޝަނާ ބެހޭ އިންތިހާބީ ކޮމިޓީއަށް މެންބަރަކު ހޯދަން ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ ތަރުހީބެއް ނުލިބުމާ ގުޅިގެން މެންބަރަކު ހޯދަން އަލުން އިއުލާނުކޮށްފިއެވެ.

އެ މަގާމަށް ވަކީލަކު ހޯދުމަށް ބާ ކައުންސިލުން ވަނީ މި މަހުގެ އަށް ވަނަ ދުވަހުވެސް ހުޅުވާލާފައެވެ. އެހެންނަމަވެސް އަނެއްކާވެސް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ ކުރިން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީކަމަށް ބާ ކައުންސިލުން ބުނެއެވެ.

ބާކައުންސިލުން ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ މަގާމަށް ކުރިމަތިލާ ފަރާތަކީ ގާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކު ކަމުގައިވުމާއެކު ގާނޫނީ ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުއީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މަގާމުގެ މަސްއޫލިއްޔަތަކީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމުގެ ގަވާއިދާ އެއްގޮތަށް ބާ ކައުންސިލުން ބާއްވަންޖެހޭ ބައި-އިލެކްޝަނާ ގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގުން ކަމަށް އެފަރާތުން ބުނެއެވެ.

މި މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ. 

މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 24 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ބާ ކައުންސިލްގެ މެއިލް އަށް ފޮނުވުމަށް އެފަރާތުން ވަނީ އެދިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް