ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން "ދިރާގު މާލޭ އޯޕަން" ގެ ނަމުގައި ފެތުމުގެ މުބާރާތެއް މާލޭގައި ބާއްވައިފި އެވެ.

Advertisement
ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން "ދިރާގު މާލޭ އޯޕަން" ގެ ނަމުގައި ފެތުމުގެ މުބާރާތެއް މާލޭގައި ބާއްވައިފި އެވެ.
ޖުމްލަ 198 ފެތުންތެރިން ބައިވެރިވި އެ މުބާރާތް ކުރިޔަށް ގޮސްފައި ވަނީ މިއަދު ހެނދުނު 06:00 އިން 11:00 އަށް ރަސްފަންނު ބޭރުން ކަނޑުގައެވެ.
ހަތް އުމުރުފުރައަކަށް ބަހާލައިގެން ކުރިޔަށްދިޔަ އެ މުބާރާތުގައި އެއް ކިލޯމީޓަރުގެ އިވެންޓަކާއި 500 ކިލޯމީޓަރުގެ އިވެންޓެއް އޮތެވެ.
އެ މުބާރާތުގައި ކޮންމެ އުމުރުފުރާއަކުންނާއި މުޅި މުބާރާތުން ވަނަތަކަށް އައި ފެތުންތެރިންނަށް މެޑަލް ދީފައި ވެއެވެ.
ދިރާގުން ދަނީ ދުޅަހެޔޮ ސިިއްހަތެއްގައި ބެހެއްޓުމަށް މީހުން ހޭލުންތެރިކުމުގެ ޕްރޮގްރާމްތަކާއި ޒުވާނުންނަށް ހާއްސަ ކޮށްގެން އެކި ކަހަލަ ހަރަކާތްތައް އަމިއްލަ އަށް އިސްނަގައިގެންނާއި އެހެން ޖަމިއްޔާތަކާއި ގުޅިގެން ހިންގަމުންނެވެ.
މިއީ ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން ބޭއްވި އެންމެ ބޮޑު އެއް ފެތުމުގެ މުބާރާތެވެ.