ads
ފޮޓޯ : އެމްއެންޔޫ
މަތީ ތައުލީމަށް ސަރުކާރުންދޭ ލޯނު 449 ދަރިވަރަކަށް ދީފި
މަތީ ތައުލީމަށް ސަރުކާރުންދޭ ލޯނު 449 ދަރިވަރަކަށް ދީފިއެވެ. ލޯން ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓް އިޢުލާން ކޮށްފައި މިވަނީ ވަގުތީ ލިސްޓް އެކުލަވާލާ ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލުމަށް ފަހުގައެވެ

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން އެކުލަވާލި ވަގުތީ ލިސްޓްގައި ލޯނު ލިބިފައިވަނީ 417 ދަރިވަރަކަށެވެ. ނަމަވެސް އެލިސްޓަށް ޝަކުވާ ހުޅުވާލި ފުރުސަތުގައި ހުށައެޅި ޝަކުވާތައް ބެލުމަށްފަހު ފައިނަލް ލިސްޓުގައި ވަނީ 449 ދަރިވަރުންނަށް ލޯން ދީފައެވެ. 

ލޯނު ލިބުނު ދަރިވަރުންގެ ފައިނަލް ލިސްޓް އެކުލަވާލައި އާންމުކޮށް ނެރުނު ނޫސްބަޔާނުގައި ވަނީ ލޯނު ލިބުނު ދަރިވަރުންގެ ލޯން އެވޯރޑް ނޮޓިފިކޭޝަން މިމަހުގެ 24 ވަނަ ދުވަހު ދަރިވަރުންނަށް އީމެއިލް ކުރާނެކަމަށެވެ.

ސަރުކާރުން ދޫކުރާ ލޯނުގެ އެހީގައި ރާއްޖެއާއި ރާޢްޖެއިން ބޭރުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ޚާއްސަކޮށްގެން މިއަހަރު ލޯނަށް އެދުމަށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުއެވެ. މިއީ މަތީ ތަޢުލީމާއި ތަމްރީން ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން މިހާތަނަށް ހުޅުވާލި އެންމެ ބޮޑު ލޯން ސްކީމެވެ.

އެގޮތުން ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން ޒުވާނުން ތަމްރީނުވުމަށް ހުޅުވާލި ލޯން ސްކީމުގައި 770 ފުރުސަތު ހުޅުވާލިއެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރު ކިޔަވަމުންދާ ކުދިންނަށް ހާއްސަކުރި 471 ޖާގައާއި، އަލަށް ކިޔަވަން ފަށާ ކުދިންނަށް ހާއްސަކުރި 290 ޖާގައެވެ.

ކޯވިޑް 19ގެ ސަބަބުން ކުރިމަތިވެފައިވާ އެކި ކަހަލަ ގޮންޖެހުންތަކުގެ ސަބަބުން މިއަހަރު ލޯނުގެ އިތުރު ބުރެއް ހުޅުވާލެވޭނެ ކަމަށް ނުބެލެވޭކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް