ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު މާލެ ސަރަހައްދުން 35 މީހަކު ޕޮޒިޓިވްވި އިރު އަތޮޅުތަކުން 164 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ރިސޯޓްތަކުން ތިން މީހަކު ޕޮޒިޓިވްވެފައިވާއިރު ތަރައްގީ ކުރަމުން އަންނަ ރަށްތަކުން 43 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 72،149 އަށް އަރާފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު 67،148 އަށް އަރާފައިވާއިރު މިހާރުވެސް 44 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދެއެވެ.
މިހާތަނަށް ރާއްޖެއިން 206 މީހަކު ކޮވިޑްގައި މަރުވެފައިވެއެވެ.