މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި ކުރިއަށް އޮތް މިޑްޓާމް ޗުއްޓީއާ ދިމާކޮށް، ކުރާ ހާއްސަ ދަތުރުތައް ބާއްވާނީ އަންނަ ޑިސެމްބަރު 8 އިން ފެށިގެން ޖެނުއަރީ 19 އާ ހަމައަށް ކޮންމެ އަންގާރަ ދުވަހެއްގަ އެވެ. އެއީ އެއީ ޑިސެމްބަރު 8، 15، 22، 29 އަދި ޖެނުއަރީ 5، 12 އަދި 19 އެވެ.
ބެގޭޖުގެ ގޮތުގައި ކޮންމެ މީހަކަށް 25 ކިލޯގެ އެލަވަންސް ލިބޭ އިރު، ދެކޮޅު ދަތުރުގެ އަގުތައް ފެށެނީ 530 ޑޮލަރުންނެވެ.
މޯލްޑިވިއަންގެ ދަތުރުތައް ދޭތެރެ ދޭތެރެއިން އަގުހެޔޮ ކުރަނީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރު ކުރާ ފަރާތްތަކަށް އަތްފޯރާ އަގެއްގައި ދަތުރުކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.