ads
ވިދްޔާ ބާލަން އަދި ކެޓްރީނާ ކައިފް
ކެޓްރީނާގެ ތައުރީފް ވިދްޔާއަށް
ފިލްމު ބާލަންގެ އެންމެ ފަހުގެ ފިލްމު ޝޭރްނީ އެމޭޒަން ޕްރައިމް ވީޑިއޯއަށް ދޫކޮށްލުމާއެކު ގިނަ ބައެއްގެ ތައުރީފް އަންނަނީ އެ ފިލްމަށް ލިބެމުންނެވެ.

ވިދްޔާގެ ފިލްމަށް ރަނގަޅު ރިވިއުތަކެއް ލިބިފައިވާއިރު ފިލްމަށް ތައުރީފް ކުރި މީހުންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ކެޓްރީނާ ކައިފް އަދި ދިއާ މިރްޒާ ފަދަ ތަރިން ހިމެނެއެވެ.

ފިލްމަށް ތައުރީފް ކުރަމުން ކެޓްރީނާ އިންސްޓަގްރާމް ކުރި ޕޯސްޓެއްގައި ބުނީ އެއީ ވަރަށް “ލޯބި ފިލްމެއް” ކަމަށާއި ގަޔާވާ ކަހަލަ ފިލްމެއް ކަމަށެވެ. އަދި އާދަޔާ ހިލާފު ވިދްޔާގެ ފިލްމެއް ބެލުމުން އަބަދުވެސް އުފާވާ ކަމަށް އޭނާ ބުނެފައިވެއެވެ. ކެޓްރީނާ ވަނީ ފިލްމުގެ ޕޯސްޓަރެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ދިއާ ވެސް ވަނީ “ޝޭރްނީ” އަކީ މޮޅު ފިލްމެއް ކަަމަށް ބުނެފައެވެ. އަދ އެވާހަކަ ކިޔައިދިނީތީ ވިދްޔާއަށް ޝުކުރު އަދާކުރާ ކަމަށް އޭނާ ބުނެފައިވެއެވެ.

އޭގެ އިތުރުން މަޝްހޫރު ލިޔުންތެރިއެއް އަދި ޑިޒައިނަރެއް ކަމުގައިވާ ފްރެޑީ ބާޑީ ވެސް ވަނީ ވިދްޔާގެ އެކްޓިން އަށް ވަރަށް ތައުރީފް ކޮށްފައެވެ.

އޭނާ ބުނެފައިވަނީ ވިދްޔާ އަކީ ގައުމަށް ލިބިފައިވާ އަގުހުރި ޖަވާހިރަކަށް މިހާރު ވެފައިވާ ކަމަށެވެ. ވިދްޔާގެ ފިލްމުތައް ބަލަނީވެސް އެއީ ވިދްޔާ ފިލްމަކަށް ވުމުގެ ސަބަބުން ކަމަށާއި ޝޭރްނީ ވެސް އެއީ އަގުބޮޑު ޖަވާހިރެއް ކަމަށެވެ. 

ވިދްޔާ ވަނީ ތައުރީފް ކުރި މީހުންނަށް ޝުކުރު އަދާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް