ads
އާއިޝާ ބިންތު އަލީ ޝިފާޒް
އާއިޝާ ބޭބީ އެހީއަށް އެދި ގޮވަނީ
އުމުރުން އެންމެ 2 އަހަރުގެ އާއިޝާ ބިންތު އަލީ ޝިފާޒް ދަނީ ބޮޑު ބައްޔަކާ ދެކޮޅަށް އެންމެ ކުޑައިރުއްްސުރެ ފަށައިގެން ހަނގުރާމަ ކުރަމުންނެވެ. އެތުއްތު އާއިޝާ ކުރަމުން އެއަންނަ ހިތްވަރަކީ އެކުއްޖާގެ މި ބަލިން އަމިއްލަ ނަފްސު ސަލާމަތް ކުރުމަށް ކުރާބުރަ ބޮޑު މަސައްކަތްކަން ހަމަގައިމެވެ.

އާއިޝާގެ ބަލި ހާލަތާ ގުޅޭގޮތުން "ސީއެންއެމް" އިން ގުޅާ ސުވާލުކުރުމުން އާއިޝާގެ މަންމަ އަގުލީމާ އިބްރާހިމް ބުނީ ކުއްޖާއަށް ދެ މަހުން ފެށިގެން ވެސް ރޯގާއާއި ހުން އައުން ފަދަ ކަންކަން ދިމާވި ކަމަށާއި އެކަންކަން ރަނގަޅު ނުވެ ހުރި ކަމަށެވެ. އަދި ނޭފަތް ބެދިފައި ހުންނަ ކަމަށް އޭނާ ފާހަގަ ކުރިއެވެ. 

your imageއާއިޝާ ބިންތު އަލީ ޝިފާޒް

އަގުލީމާ އިތުރަށް ބުނީ އާއިޝާއަށް 18 މަހުގައި އެގޮތަށް ވަރަށް ބޮޑަށް ބަލިވެގެން ޑރ. ނަޒްލާ މުސްތަފާއަށް ދެއްކި ކަމަށެވެ. ޑރ. ނަޒްލާ ޢާއިޝާގެ ލޭގެ ޓެސްޓެއް ވަގުތުން ހެދި ކަމަށާއި އާއިޝާގެ އޭއެންސީ ދަށްކޮށް ހުރިކަން އެ ޑޮކްޓަރު ފާހަގަ ކުރި ކަމަށް ވެސް އާއިޝާގެ މަންމަ އިތުރަށް ފާހަގަ ކުރިއެވެ.

ޑޮކްޓަރުގެ ލަފާގެ މަތިން އަވަހަށް ރާއްޖެއިން ބޭރަށް ދިޔުމުން އާއިޝާގެ ޖެނެޓިކް ޓެސްޓުތަކެއް ހަދައި ޖަރުމަނަށް ފޮނުވާ، އެ ޓެސްޓުތަކުގެ ނަތީޖާ ލިބޭނީ 3 މަސް ފަހުން ކަމަށް ބުނި ކަމަށް ވެސް މަންމަ ބުންޏެވެ. 

"ޑރ. ނަޒްލާ ވަގުތުން ވިދާޅުވި ނިއުޓްރޮޕީނިއާ ކަމަށޭ ޝައްކު ކުރެވެނީ އެހެންވީމަ ވީހާ ވެސް އަވަހަށް އެބްރޯޑް އަށް ދާށޭ"

  އަގުލީމާ ބުންޏެވެ.

ޖެނުއަރީ 2020 ގައި އިންޑިއާއަށް ގޮސް ޓެސްޓްތަކުގެ ނަތީޖާ ލިބުނީމަ ދާގޮތަށް އެނބުރި އައީ މާޗު ކުރީ ކޮޅުގައި ކަމަށް އަގުލީމާ ކިޔައިދިނެވެ. އަނެއްކާ ވެސް ފުރައިގެން ދިޔައީ ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން ދާން އަންގާފައިވާ ތާރީހަށް ވުރެ ތަންކޮޅެއް ލަހުން ކަމަށާއި އެ ފަހަރު ގޮސް ބޭބީ އެޑްމިޓްކޮށް އައިވީ އައިޖީ ޓްރިއަލްއެއް ދިން ކަމަށާއި، އައިވީއައިޖީ ދިނުމުން ބޭބީގެ ނިއުޓްރޯފިލްސް ކައުންޓް 4000 އަށް އެރިކަމަށެވެ.

ނަމަވެސް އައިވީއައިޖީ އަކީ ވަރަށް ބާރުގަދަ އެއްޗެއްކަމުން ބޭބީ އަށް އައިވީއައިޖީ ދިނުމުން އެސެޕްޓިކް މެނިންގިޓިސް ދިމާވި ކަމަށް މަންމަ އަގުލީމާ ބުންޏެވެ. އަދި ހަމައެއާއެކު ހަފުތާއެއް ފަހުން 2000 އަށް ވެއްޓުނު ކަމަށާއި، 500 އަށްވުރެ ދަށްވާ ކޮންމެ ފަހަރަކު ބޭބީ އެޑްމިޓްކޮށް ފަރުވާ ފަށަން ޖެހޭ ކަމަށް ޑރ. ލަފާ ދެއްވާފައިވާ ކަމަށް އާއިޝާގެ މަންމަ އަސަރާއެކު ކިޔާދިނެވެ.

އޮޓޯ އިމިއުން ނިއުޓްރޮޕީނިއާ ހުރި ތުއްތު އާއިޝާއަށް ވަނީ، މި އަހަރުގެ މިހާތަނަށް އައިއިރު ހަތަރު ފަހަރު އެޑްމިޓް ކޮށްގެން ފަރުވާ ދީފައެވެ. 

"ދެންބަލަމާ ކޮންމެ މަންތަކު އެޑްމިޓު ކުރަން ޖެހޭ، ކޮންމެ ފަހަރަކު 6 ޑޭސް އެޑްމިޓް ކޮށްފައި އޮންނަން ޖެހޭ 5 ޑޭސް ތެރޭގަ 5 ޑޯސް ދެވިއްޖެނަމަ"

އަގުލީމާ ވަރަށް އަސަރާއެކު ކިޔާދިނެވެ.

އަދި މިހާރުވެސް 14 ދުވަހުން 14 ދުވަހުން ބްލަޑް ޓެސްޓް ހަދަންޖެހެއެވެ.

އާއިޝާގެ މައިންބައިންގެ އޭނާގެ ދޮއްޓަށް ވެސް ކުއްޖަކު ހުރެއެވެ. އެއީ ވެސް ކުޑަ ކުއްޖަކަށް ވުމާއެކީގައާއި މާލޭގައި އެ ކުއްޖާ ބަހައްޓާފައި އެހާ ގިނަ ދުވަހަށް ދެވެން ނެތުމުން، ބޭސް ފަރުވާއަށް ދާން ޖެހެނީ ދެ ދަރިން ވެސް ގޮވައިގެންނެވެ.

ބޭބީގެ މަންމަ އިތުރަށް ފާހަގަ ކުރާ ގޮތުގައި ބޭބީއަށް ލިބެން އޮތް ދާއިމީ ފަރުވާ އަކީ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުން ކަމުގައި އޭނާ ބުންޏެވެ. ނަމަވެސް ޑޮކްޓަރުން މަސައްކަތް ކުރަމުން ދަނީ އިތުރު ގޮތަކުން ބޭބީ އަށް ދާއިމީ ފަރުވާއެއް ހޯދައިދެން ކަމަށެވެ. އަދި މިގޮތަށް ފަރުވާ ދެވެން އޮތީ އެކޮޅުގައި ވަރަށް ގިނަ ދުވަހު މަޑު ކޮށްގެން ކަމަށް އޭނާ ބުންޏެވެ.

"ބޭބީއަށް ލިބެން އޮތް ދާއިމީ ފަރުވާ އަކީ ބޯން މެރޯ ޓޮރާންސްޕްލާޓް ހެދުން .... މިހާރު ޑޮކްޓާރުން މަސައްކަތް ކުރަމުން އެދަނީ އިތުރު ގޮތަކުން ޓްރާންސްޕްލާންޓް އަކަށް ނުގޮސް ދާއިމީ ފަރުވާއެއް ހޯދޭތޯ، އެކަމު މިގޮތަށް ފަރުވާ ދެވެން އޮތީ އެކޮޅުގައި ވަރަށް ގިނަ ދުވަހުު މަޑު ކޮށްގެން "

އާއިޝާގެ މަންމަ ބުންޏޭވެ.

އަގުލީމާ ބުނި ގޮތުގައި އެންމެ ބޮޑު ދައްޗަކަށް ވެފައިވަނީ ރާއްޖޭގައި ޕިޑިއަޓްރިކް ހެމިޓޮލޮޖިސްޓެއް ނެތުމެވެ. އާއިޝާއަށް ބޭނުންވާ ބޭސް ވެސް ރާއްޖެއިން ލިބެން ނުހުންނަ ކަމަށާއި އެ ބޭސް ވެސް ރާއްޖެއިން ބޭރުން ގެންނަން ޖެހެނީ އަމިއްލައަށް ހަރަދު ކޮށްގެން ކަމަށް އަގުލީމާ ބުންޏެވެ. އާއިޝާގެ އޭއެންސީ ވެސް ކުއްލިއަކަށް ދަށްވާ ކަމަށާއި ބަލި ޖެހިފައި ހުއްޓާ އޭއެންސީ ދަށްވެއްޖެނަމަ ވަގުތުން އައިސީޔޫގައި އެޑްމިޓު ކުރަން ޖެހޭ ކަމަަށް ވެސް އަގުލީމާ ބުންޏެވެ.

އަދި މިހުރިހާ ކަމަކާއި ގުޅިގެން ބޭބީ އެކަމަށް ރިއެކްޓް ކުރަނީ ވަރަށް ތަފާތުކޮށެވެ. އެގޮތުން ރުޅި އައުމާ، އެއްޗެހި އުކާ މީހުންގައިގަ ޖެހުމާ އެތަކެއް މިފަދަ ކަންތައް ތަކެއް ބޭބީގެ ފަރާތުން ފެންނަ ކަމަށެވެ.

އާއިޝާގެ އާއިލާ މިވަނީ މާލީ އަދި އެހެނިހެން ގޮތް ގޮތުންވެސް ބޮޑެތި ދަތިތަކާ ކުރިމަތިވެފައެވެ. އާއިޝާ ގޮވައިގެން ބޭސް ފަރުވާއަށް ދާން ޖެހިފައި ހުރުމުން، ބޭސް ފަރުވާގެ ހަރަދުތައް އާސަންދައިން ލިބުނު ކަމުގައި ވިޔަސް، އެހެނިހެން ހަރަދުތައް ކުރަން ޖެހެނީ އަމިއްލަ އަތުންނެވެ. އެގޮތުން އާއިލާގެ ފަރާތުން ބޭބީގެ ކޮންޑިޝަން އަޕްޑޭޓްސް އާންމުންނަށް ދިނުމަށް ޓަކައި ވަނީ ހެލްޕް އާއިޝާ ބޭބީގެ ނަމުގައި ފޭސްބުކް ޕޭޖެއް ހުޅުވާފައެވެ.

ވީމާ އާއިޝާއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން، ބީއެމްއެލް ރުފިޔާ އެކައުންޓު ނަންބަރު 7707361516101 އަށް އަދި ޑޮލަރު އެކައުންޓު ނަންބަރު 7730000131521 އަށް ފައިސާ ޖަމާ ކޮށްދިނުމަށް އާއިލާ އިން އެދެއެވެ.

އިތުރު މައުލޫމާތު 9730086 / 9848401 ނަންބަރު ފޯނަށް ގުޅުމުން ލިބޭނެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް