ads
ދީޕިކާ ޕަޑްކޯން
"ކޮފީ ވިތް ކަރަން"ގެ ސަބަބުން ރަންބީރު އާ އެއްވެސް މައްސަލައެއް ނުޖެހޭ: ދީޕިކާ
މީގެ 11 އަހަރުކުރިން 2010 ވަނަ އަހަރު ދީޕިކާ ޕަޑްކޯން އަދި ސޯނަމް ކަޕޫރު އެކުގައި ބައިވެރިވި "ކޮފީ ވިތް ކަރަން"ގެ އެޕިސޯޑެއްގައި ދެކެވުނު ވަހަކައެއްގެ ސަބަބުން ސޯނަމް އާއި ރަންބީރުގެ ގުޅުމަށް ބުރޫ އަރާފައިވި ނަމަވެސް ދީޕިކާ އާއި އެކަހަލަ އެއްވެސް މައްސަލަ އެއް ދިމާނުވާކަމަށް ދީޕިކާ ބުނެފިއެވެ.
Advertisement

ދީޕިކާ މިކަން ހާމަކޮއްފައިވަނީ 2014 ވަނަ އަހަރު ޕްރީއަންކާ އާ އެކު "ކޮފީ ވިތް ކަރަން"ގެ އެޕިސޯޑެއްގައި ބައިވެރިވެ ވާހަކަ ދައްކަމުން ނެވެ. ދީޕިކާ ބުނެފައިވަނީ ކުރީގެ އެޕިސޯޑުގެ ވާހަކަތަކުގެ ސަބަބުން އެއްވެސް މަސްސަލައެއް ދިމާވިކަން ދީފިކާއަށް އެނގިފައިނުވާކަމަށް އޭނާ ބުންޏެވެ. އަދި އެވާހަކަތައް މައްސަލައަކަށް ހަދައިގެން އުޅުނީ އެހެން މީހުން ކަމަށް ދީފިކާ ބުންޏެ އެވެ. 

އޭނާއަށް "އެވާހަކަތަކުގެ ސަބަބުން މައްސަލައެއް ދިމާނުވޭ. ރަންބީރު އާއި އެއްވެސް މައަސަލައެއް ނުޖެހޭ. މައްސަލައެއް އޮތްނަމަވެސް އަހަރެންނާ ހަމައަށް އެ މައްސަލައެއް އަންނާނެ،" ދީޕިކާ ބުންޏެ އެވެ.

އެ ވާހަކަތަކައް ބާރު ދެމުން ދީޕިކާ ބުނެފައިވަނީ "ޔޭ ޖަވާނީ ހޭ ދިވާނީ" ފަދަ ފިލްމަކުން ރަންބީރު އާ އެކު ދީޕިކާ ފެނިގެން ދިޔުމަކީ އެދެމީހުންގެ މެދުގައި މައްސަލައެއް ނެތްކަމުގެ ހެއްކެއްކަމަށެވެ. އަދި މިހާރުވެސް ރަންބީރާއި ދީޕިކާ އާ ދެމެދު ދެނެގަތުން އޮންނަކަމަށް ވެސް ދީޕިކާ ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން ދީޕިކާ ބުނީ ރަންބީރު އާ ދެމެދު މައްސަލައެއް އުޅުނު ނަމަ އެ ފިލްމް އެހާ ފުރިހަމަކޮށް ކުރިއަށްނުދާނެ ކަމަށެވެ.

ދީޕިކާ މިހެން ބުނެފައި ވީ ނަމަވެސް ރަންބީރު އަދި ސޯނަމް ވެސް ވަނީ "ކޮފީ ވިތް ކަރަން"ގެ ސަބަބުން އެ ދެ މީހުންނަށް ވެސް އަސަރު ކޮށްފައިވާ ކަން ހަމަކޮށްފައެވެ. މި ޝޯގެ ސަބަބުން ތަރިންނާ އޮންނަ ގުޅުމަށް ބުރޫ އަރާކަން ސޯނަމް ފާހަކަ ކޮށްފައިވާއިރު، ރަންބީރު ވަނީ ޝޯގެ ސަބަބުން އުންމީދު ނުކުރާ ފަދަ ނޭދެވޭ އަސަރު އޭނާއަށް ކުރިކަމަށް ބުނެފައެވެ. އަދި  އޭނާ އާ ބެހޭގޮތުން ތަފާތު އެކި ވާހަކަތައް ޝޯގެ ސަބަބުން ދައުރުވަމުން ދާކަމަށާއި، ފޭނުންގެ އިތުރުން ބައެއް ތަރިންވެސް އޭނާއާ ދެކޮޅުވި ކަމަށްވެސް ރަންބީރުވަނި ބުނެފައެވެ. 

މީގެ 11 އަހަރުކުރިން ހިނގާފައިވާ މި ކަންތައްތަކުގެ މައުލޫމާތު މިއަދު ވަނީ އިންޑިއާގެ ފިލުމީ ހަބަރު ގެނެސްދޭ ނޫސްތަކުގައި ލިޔެ އެ ކަންތައްތައް ރިޕޯޓްކޮށްފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް