ads
ޝިދާތާ ޝަރީފް
މީކި ވަކި މިނިސްޓަރަކަށް އިނގިލި ދިއްކޮށްގެން ހައްލު ކުރެވޭނެ ކަމެއް ނޫން: ޝިދާތާ
ކުޑަ ކުދިންނަށް ދިމާވާ އެކިއެކި ހިތާމަވެރި ކަންކަމަކީ ވަކި މިނިސްޓަރަކަށް އިނގިލި ދިއްކޮށްގެން ހައްލު ކުރެވޭކަމެށް ނޫންކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ރޭ ސީއެންއެމްގެ "ތަފްސީލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިދާތާ މިހެން ވިދާޅުވެފައި މިވަނީ 13 އަހަރުގެ ކުޑަ ކުއްޖެއް ރަހީނު ކުރުމަށް ފަހު ވަރަށް އިހާނެތިކޮށް މަރާލާފައިވާ ދަނޑިވަޅެއްގައެވެ. އޭނާ ވަދާޅުވީ މި މައްސަލަތަކުގައި ގްރެވިޓީ ހުރި މިންވަރު އެނގިގެން ގޮއްސިކަމަށްށެވެ.

ޝިދާތާގެ މިނިސްޓަރު ކަމުގަ މިފަދަ މައްސަލަތައް ފެންމަތިވެ އޭނާއަށް ކުރިމަތިވި ގިނަ ފާޑު ކިޔުންތަކާއި އެކު އޭނާ ޖެންޑާ މިނިސްޓަރު ކަމުން ދުރަށް ދިޔަ ކަމަށާއި އެކަމަކުވެސް ހަމަ އެފަދަ މައްސަލަތައް ފުލުފުލުގައި ތަކުރާރުވަމުން މިއަދާއި ހަމަޔަށް އަންނަމުން އައުމަކީ ވަކި މީހަކާ ދިމާލަށް އިނގިލިދިއްކޮށް ވަކި މިނިސްޓަރެއްގެ ސަބަބުން ދިމާވަމުން އަންނަ ކަމެއްކަމަށް ނޫންކަން ވަރަށް ބޮޑަށް ހާމަ ވެގެން ގޮއްސި ކަމަށް އޭނާ ވިދާޅުވިއެވެ. 

"މީކި ވަކި މިނިސްޓަރަކަށް އިނގިލި ދިއްކޮށްގެން ހައްލު ކުރެވޭކަމެށް ނޫންކަން އަޅުގަނޑަށް ހީވަނީ ވަރަށް ބޮޑަށް ސާބިތުވެގެން ހިންގައްޖެހެން" ޝިދާތާ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން މިފަދަ މައްސަލަ ތަކަކީ ވަރަށް ބޮޑަށް އިދާރާތައް ގުޅިގެން މަސާއްކަތް ކުރަންޖެހޭ މައްލަތަކެއްކަން އޭނާ ފާހަގަކުރެއެވެ.

މިފަދަ މައްސަލަތަށް ހައްލު ކުރޭނީ ކަންވުމުގެ ކުރިން އެކަންކަން ހައްލު ކުރުމަށް ގާނޫނުތައް ތަންފީޒް ކުރެވިގެން ކަމަށް ޝިދާތާ ފާހަގަ ކުރިއެވެ. އެގޮތުން ޝިދާތާ ވިދާޅުވީ ކަރުދާސް މަސައްކަތް ކޮށްގެން ހަައްލުވަންޏާ ހައްލުވާ ވަރަށް ކަރުދާސް މަސައްކަތް ކުރެވިއްޖެ ކަމަށެވެ.

"ކަަރުދާހުގެ މަސައްކަތް ކޮށްގެން މިގައުމުގެ ކަންކަން ހައްލުވަންޏާ ހައްލުވާހާ ވަރަށް މަސައްކަތް ކުރެވިއްޖެ، އެހެންނަމވެސް މިކަން ކަން ތަންފީޒު ނުވެގެން މިއުޅެނީ ކޮން ސަބަބަކާ ހުރެކަން އަޅުގަނޑުމެން އެންމެން ސުވާލު ކުރަން އެބަޖެހޭ" ޝިދާތާ ވިދާޅުވިއެވެ.

13 އަހަރުގެ ކުއްޖާގެ މަރާއި ގުޅިގެން 17 އަހަރު ގެ ކުޑަކުއްޖެއްގެ އިތުރުން 27 އަހަރު ގެ ފިރިހެނެށް ވަނީ މިހާތަނަށް ހައްޔަރު ކޮށްފައިވެއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް