ads
ސޯނޫ ސޫދު
ސޯނޫ ސޫދު އުޅެނީ ބިހާއި ޕާން ވިއްކުމުގައި
ކޮވިޑް-19ގެ މި ހައްސާސް ހާލަތުގައި އެންމެ ބޮޑަށް ނިކަމެތި މީހުންނަށް އެހީތެރިވި ތަރިއެއްގެ ގޮތުގައި ސޯނޫ ވަނީ ފާހަގަ ކުރެވިފައެވެ.

އެންމެ ގިނަ ބަޔަކަށް އެހީވި އެކްޓަރު ކަމަަށް ބެލެވޭ ސޫދު ވަނީ ބައިސްކަލެއްގައި ތަރުކާރީ ވިއްކަން މަގަށް ނިކުމެފައެވެ. 

ސޯނޫ ސޯޝަލް މީޑިއާގައި އާއްމު ކުރި ވީޑިއޯއެއްގައި އޭނާ ވަނީ މޯލްތައް ބަންދު ނުވާ ކަމަަށާއި އެންމެ މުހިއްމު ސުޕަމާޓް ރެޑީ ކަމަށެވެ. 

އަދި ތަރުކާރީ ބޭނުން މީހަކު އޯޑަރުކުރުމަށް ސޯނޫ ވަނީ ޢެދިފައެވެ.

މަޒާޖީ ގޮތަކަށް މީގެ ކުރިންވެސް ސޯނޫ ވަނީ މިކަހަލަ ވީޑިއޯތައް އާއްމުކޮށްފައެވެ. އޭނާ ދުވަސްކޮޅެއް ކުރިން އާއްމު ކުރި ވީޑިއޯއެއްގައި ވަނީ ލުނބޯ ފަނި ތައްޔާރު ކުރާ ގޮތް ކިޔާދީފައެވެ. އަދި އެއިން ލިބޭ ފައިދާވެސް ކިޔާދީފަ ވެއެވެ.

އިންސާނިއްޔަތައްޓަކައި ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ސޫދަކީ ގިނަ ބަޔަކު ބަލައިގަންނަ ތަރިއެކެވެ. 

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް