ads
މީހަކު ހައްދާފައި އޮތް ދަނޑަކަށް ބަޔަކު ގެއްލުންދީފި
އދ. ހަންޏާމީދޫގައި ފުޓްސަލް ދަނޑެއް އަޅާނެކަމަށް ބުނެ ބާއްވާފައި އޮތް ހުސްބިމެއްގައި ހައްދާފައި ހުރި ގަސްތަކެއް ބަޔަކު ހަލާކުކޮށްލައިފިއެވެ.
އދ. ހަންޏާމީދޫގައި ފުޓްސަލް ދަނޑެއް އަޅާނެކަމަށް ބުނެ ބާއްވާފައި އޮތް ހުސްބިމެއްގައި ހައްދާފައި ހުރި ގަސްތަކެއް ބަޔަކު ހަލާކުކޮށްލައިފިއެވެ.

ސޯޝަލް މީޑިއާއަށް އެކަމުގެ ފޮޓޯތައް އެ ދަނޑު ހެއްދި މީހާގެ ދަރިއަކު ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ހައްދާފައި ހުރި ކޮޕީ ފަތް ގަސްތަކާއި ވެޔޮތައް އުފުރާލާފަ އޮތް މަންޒަރު ފެނެއެވެ.

އެކަމުގެ މައުލޫމާތު ހިއްސާކުރަމުން ދަނޑު ހެއްދި މީހާގެ ދަރިއަކު ސީއެންއެމްއަށް ބުނީ، އެއީ އެމީހުން ދިރިއުޅޭ ގޭގެ ބިއްދަށުގައި އޮތް ވާ ހެދިފައި އޮތް ތަނެއް ސާފުކޮށްގެން އޭނާގެ މައިންބަފައިން ހައްދާފައިވާ ގަސްތަކެއް ކަމަށެވެ.

އެގޮތުން އޮންނަ ހުސް ބިންތަކުގައި އެރަށުގެ އެހެން މީހުން ވެސް ގަސް ހައްދާ ކަމަށާއި އެ ދަނޑަށް ބަޔަކު ގެއްލުން ދީފައި ވަނީ ޒާތީ ކަމެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.



އޭނާ ބުނީ ދަނޑު ހައްދާފައި އޮތް ތަނުގެ ކައިރީގައި ފުޓްސަލް ދަނޑެއް ވެސް އޮންނަ ކަމަށެވެ. އެ ދަނޑު ހެދުމުގެ މަސައްކަތް ވެސް އަދި ކުރިއަކަށް ނުދެއެވެ.

"މި ގޭ ކައިރީ ވެސް އެބަ ހުރި ދެތިން ގެއެއް ނިއު އިންދާފަ ހުރި ހަމަ މަގުމައްޗަށް ވާގޮތަށް. އެކަމަކު މިއީ އަޅުގަނޑު މައިންބަފައިން އިންދި ގަސްތަކަށް ގެއްލުން ދިން ތިން ވަނަ ފަހަރު. މިއަހަރުގެ ޖެނުއަރީގަ ވެސް. އަނެއްކާ ގަސް އިންދާފަ ހުއްޓާ މިދިޔަ އޮކްޓޫބަރުގަ ވެސް ގަސްތައް އުފުރާ ވަރަށް ގެއްލުންދިން،"

އެގޮތަށް ގެއްލުންދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް