ads
ކުރިން ސްކޫލެއްގައި މިހާރު މަހާނަ ހަދާފައި
ކެނަޑާ ސްކޫލަކުން އެތައް ސަތޭކަ މަހާނަ ފެނިއްޖެ
ކެނަޑާގެ ބޯޑިން ސްކޫލަކުން އެތައް ސަތޭކަ މަހާނަ ފެނިއްޖެ އެވެ.
Advertisement

ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކުރާގޮތުގައި ކެނަޑާގެ ފަސްޓު ނޭޝަން އިން ވަނީ ވަކި ކުރަން ނޭނގޭ ގޮތަށް ހުރި 751 މަހާނަ، ކުރިން ބޭނުންކުރި ރެޒިޑެންޝަލް ސްކޫލަކުން ފެނިފައިވާކަމަށް ބުނެފައެެވެ. ސުސްކެޗުވާން ޕްރޮވިންސްގެ ޕްރޭރީގެ ސްކޫލަކުން ފެނުނު މި މަހާނަ ތަކަކީ އެގައުމުގެ އަނދިރި މާޒީ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން މި މަސްތެރޭ ފެނުނު މިފަދަ ދެވަނަ ހޯދުމެވެ. 

ފަސްޓް ނޭޝަން އަކީ އެގައުމުގެ ހަގީގީ ވަޒަން ވެރިންނަށް މުހާތަބުކުރަން އެގައުމުގައި ބޭނުން ކުރާ ބަހެކެވެ. 

މަހާނަތައް ފެނިފައިވަނީ މެރީވަލް އިންޑިއަން ނޭޝަނަލް ސްކޫލުން ކަމަށް ބުރާސްފަތި ދުވަހު 74 ފަސްޓް ނޭޝަން ތަމްސީލް ކުރާ ފެޑަރޭޝަން އޮފް ސޮވަރެއިން އިންޑިޖެނަސް ނޭޝަންސް އިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.  

މެރީވަލް ސްކޫލުން މަހާނަތަކެއް ފެނިފައިވާއިރު ބްރިޓިޝް ކޮލަމްބިއާގެ ކުރީގެ ރެޒިޑެންޝަލް ސްކޫލަކުން އެގައުމުގެ 215 ކުޑަކުދިން ފެނިފައިވެއެވެ.

އެގައުމުގެ ބޮޑު ވަޒީރު ޖަސްޓިން ޓްރުޑައު ވަނީ އަދިވެސް އެހެން ސައިޓްތައް ހޯދިވަރަކުން ފެނުން އެކަށީގެންވާ ކަމަށެވެ.

ނަވާރަ ވަނަ ގަރުނުގައި  އެގައުމުގެ ހަގީގީ، ދޮޅުލައްކަ ވަޒަންވެރި ކުޑަކުދިން ވަނީ ސަރުކާރުން ފަންޑުކުރާ ޗާޗް އަކުން ހިންގާ ބޯޑިން ސްކޫލްތަކަކަށް ފޮނުވާލެވިފައެވެ. އެ ކުދިން ސްކޫލްތަކަށް ފޮނުވާފައިވަނީ އެގައުމުގެ މުޖުތަމައުގެ އިޖުތިމާއީ މިންގަނޑު ތެރެއަށް ފިޓް ކުރަން ބުނެއެވެ. އެ ސްކޫލްތައް 1990 އާއި ހަމަޔަށް އޮޕަރޭޓް ކުރިއެވެ. އެ ސްކޫލްތަކަށް ވެއްދި ގިނަ ކުދިންތައް ވަނީ ގަަދަކަމުން އެ ކުދިންގެ އާއިލާތަކާ ވަކިކޮށް ސްކޫލްތަކަށް ވައްދާފައެވެ.

ކެނަޑާގެ ޓްރުތް އެންޑް ރިކޮންސިލޭޝަން ކޮމިޝަނުން 2015 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނީ އެ ސްކޫލްތަކުގައި އެ ކުދިންނަށް ޖިންސީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތައް އަނިޔާއެއް ކޮށްފައިވާކަމަށެވެ. އެ ސްކޫލްތަކުގައި އެކުދިންގެ މާދަރީ ބަހުން ވާހަކަ ދެއްކުން މަނާކޮށްފައި އޮންނައިރު ސްކޫލްތަކުގައި ހިންގާފައިވަނީ ގަތުލުއާންމެއް ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ސްކޫލްތަކުގައި މަރާލަފައިވާ 3،000 މީހުން ފާހަގަވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް