ads
ރިސޯޓު މުވައްޒަފުންތަކެއް--
ރިސޯޓު މުވައްޒަފުން އަނބިދަރިން ކައިރިއަށް ނުދެވޭތީ ރައީސަށް ޕެޓިޝަނެއް
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އެމީހުންގެ އަނބިދަރިން ގާތަށް ދިއުމަށް ހުރަސްއެޅޭތީ، ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފިއެވެ.

500 ސޮޔާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅަން ނިންމާފައިވާ މި ޕެޓިޝަނުގައި މިހާތަނަށް 400 އެއްހާ މީހުން ވަނީ ސޮއިކޮށްފައެވެ. 

ރިސޯޓް ވޯކާސް މޯލްޑިވްސް އިސްވެ އޮވެ ފަށާފައިވާ މިޕެޓިޝަނަކީ ކޮވިޑް-19ގެ ސަބަބުން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އަނބިދަރިންނާ ބައްދަލުނުވާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށާއި ސަންސެޓް ގާނޫނަށް ގިނަ ރިސޯޓުތަކުން އަމަލުނުކުރާތީ އެކަން ރައީސްގެ ސަމާލުކަމަށް ގެނައުމަށް ހަދާފައިވާ ޕެޓިޝަނެކެވެ.

ޕެޓިޝަނުގެ ސޮއިކުރި ބައެއް ފަރާތްތަކުން ބުނީ ޕެޓިޝަނުގައި ސޮއިކުރީ ރިސޯޓު މުވައްޒަފުންގެ ހައްގު ހޯދައިދީ އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ހައްގުން މަހުރޫމް ކުރާތީ ކަމަށެވެ. 

ރިސޯޓު ވޯކާސް މޯލްޑިވްސް އިން ވަނީ ރިސޯޓު މުވައްޒަފުން ތުނބުޅި ބެހެއްޓުމާ ބެހޭގޮތުންވެސް ޕެޓިޝަނެއް ތައްޔާރުކޮށްފައެވެ. މި ޕެޓިޝަން ރައީސަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް