ads
ޝިފާ އަދި ނަހުލާ
ފިލުމަކުން ޗާންސްދިނުމަށް އެދި ޝިފާ ނަހުލާއަށް ގުޅުމުންދިން ޖަވާބަކީ މިއީ
ރާއްޖޭގެ މަޝްހޫރް ޓިކްޓޮކް ތަރިންގެ ވާހަކަ ދައްކަން ފަށާނަމަ އެންމެ ފުރަތަމަވެސް ދޫކޮށް ނުލެވޭނެ ތަރިއަކީ ޓިކްޓޮކް ކުއީންގެ ގޮތުގައި މަޝްހޫރްވި ޅ. ނައިފަރަށް އުފަން މަރިޔަމް ޝިފާއެވެ.

ޓިކްޓޮކްގެ ތެރެއިން އެންމެ ކުޑައިރު އެންމެ ކުރާހިތްވި "އެކްޓިން"ގެ ތެރެއަށްވެސް ވަދެވި، ރާއްޖޭގެ ފިލްމީ ބޮޑެތި ޑައިރެކްޓަރުންގެ ކަޅިތައްވެސް އަމާޒުވި ޝިފާ ވަނީ މަޝްހޫރް ޑައިރެކްޓަރު ނަހުލާއަށް ގުޅާ ފިލުމަކުން ޗާންސެއް ދިނުމަށްވެސް އެދިފައެވެ.

ބައިސްކޯފް ޝޯއެއްގެ ތެެރެއިން ޝިފާ ރަށްޓެހިވެގެން އުޅޭ މީހާގެ ނަން ބުނުުމަށް އެދުމުން އެކަން ހާމަކުރާކަށް ބޭނުމެއް ނުވިއެވެ. އެ ސުވާލަށް ޖަވާބުނުދޭނަމަ ދެން އޮތް ގޮތަކީ ޑެއާއެއް ނަގައިގެން އޭގައިވާ ކަންކުރުމެވެ. ޝިފާ ނެގީ ޑެއާއެވެ. 

ޝިފާއަށް ޖެހުނީ ނަހުލާއަށް ގުޅުމަށްފަހު ފިލުމަކުން ޗާންސް ދިނުމަށް އެދުމަށެވެ. ޝިފާ ނަހުލާއަށް ގުޅާފަ ބުނީ "ނަހުލާ މެޑަމްގެ ޕްރޮޖެކްޓެއް ބޭނުންވާތީ" ގުޅީ ކަމަށެވެ. އެއީ ކޮންކަހަލަ ޕްރޮޖެކްޓެއްތޯ ނަހުލާ ޝިފާ ކައިރީ އެހުމުން ޝިފާ ބުނީ، "ކޮންމެ ކަހަލަ ޕްރޮޖެކްޓެއްވެސް އޯކޭކަމަށެވެ.

"ހަމަ އޯކޭ ކޮންމެ ކަހަލަ ޕްރޮޖެކްޓެއްވެސް. ހަމަ ފިލްމެއްގައި ވޯކް ކޮށްލަން ބޭނުންވަނީ ނަހުލާ މެޑަމްއާއިއެކީގަ" ޝީފާ ބުނެއެވެ.

ނަހުލާއާއިއެކު ފިލުމެއްގައި މަސައްކަތްކޮށްލަން ބޭނުންވާކަމަށް ބުނުމުން ނަހުލާވަނީ ކުޑައިރުކޮޅަކަށް މަޑުކޮށްލުމަށްފަހު އެކަމާއި ޖެހޭނީ ވިސްނާލަން ކަމަށް ބުނެފައެވެ. އެޔަށްފަހު އެންމެ ރަނގަޅުކަމަށް ބުނުމަށްފަހު ޝިފާވަނީ ޝުކުރުއަދާކުރުމަށްފަހު ފޯނު ބާއްވާފައެވެ. 

ފޯނު ބޭއްވުމަށްފަހު ޝިފާ ބުނެފައިވަނީ "އެއީ ވަރަށް ނުކުރާނެ ކަމެއް" ކަމަށާއި، "ދެން އިތުރު ގޮތެއްނެތީ" ކަމަށެވެ. އެޔަށްފަހު ޝޯގެ ޕްރެޒެންޓަރު ވަނީ އޭގެ ސަބަބުން ޕްރޮޖެކްޓެއްވެސް ލިބުން އެކަށީގެންވާ ކަމަށް ބުނެފައެވެ. 

ޝިފާ ބުނީ އޭނަ އެންމެ ފުރަތަމަ ޓިކްޓޮކް ކުޅެން ފެށީ ފޫހިވެގެން ކަަމަށެވެ. ފޫހިވެގެން އެންމެ ގާތް ރަހުމަތްތެރިޔާ ކައިރީ އެވާހަކަ ދައްކާތީ، ރަހުމަތްތެރިޔާ ދިން ހިޔާލަކީ ޓިކްޓޮކް ކުޅުމެވެ. އެގޮތުން ޓިކްޓޮކް ކުޅެންފެށި ޝިފާގެ ޓިކްޓޮކް ފޮލޯވަރުންގެ ތެރޭގައި މިހާރުވެސް 78،000އަށް ވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ. 

ޓިކްޓޮކްގެ ތެރެއިން ޝިފާގެ ހުނަރުފެނި ފިލްމީ ދާއިރާގެ މަޝްހޫރް ފިލްމީތަރި އަދި މިހާރު ޑައިރެކްޓަރުންގެ ތެރޭގައިވެސް ހިމެނޭ ޔޫއްޕެގެ "ނޯޓީ 40+"އިން ފުރަތަމަ ފިލްމްކުޅުމުގެ ހުށަހެޅުންވެސް ޝިފާއަށް ލިބިގެންދިޔައެެވެ.

އެ ފިލްމްގައި ޝިފާ ދެއްކި ހުނަރު ވަރަށް ގިނަ ބަަޔަކަށް ކަމުދިޔައެވެ. ފިލްމީ ދާއިރާއަށް ވަދެ ފިލްމްކުޅެން ފެށިނަމަވެސް ޓިކްޓޮކް ކުޅުން ޝިފާ ހުއްޓައެއް ނުލައެވެ.  

7%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
64%
ވަރަށް ސަލާމް
ކޮމެންޓްސް