ads
އަހުމަދު ރައިހާން
މ.މުލީ އެކްސިޑެންޓް: ރައިހާންގެ ސިކުނޑިއަށް ލޭއެޅި ލޮލުގެ ފެނުން ފުސްވެފައި
މ.މުލީ ގައި ލޮރީއެއްގެ ގެގަނޑާއި، ހިލަވެލި ބަހައްޓާ ގުދަނެއްގެ ބެރިއަކާ ދޭތެރޭ ބޯތާށިވެ، އަނިޔާވި ޒުވާނާގެ ހާލު ސީރިއަސްވެ އޭޑީކޭ ގައި ފަރުވާ ދެމުންދާކަމަށް އޭނާގެ ބޭބެ ބުނެފިއެވެ. ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އެ ރަށު ޝިމްލާވިލާ އުމުރުން 28 އަހަރުގެ އަހުމަދު ރައިހާނަށެވެ.

 ރައިހާންގެ އެންމެ ދޮށީ ބޭބެކަމަށްވާ ޝިޔާމް އަހުމަދު ސީއެންއެމް އަށް ބުނެފައިވަނީ އައިޖީއެމްއެޗް އިން ރައިހާން އަށް ފަރުވާދެވެން ނެތުމުން މިހާރު ވަނީ އޭޑީކޭ އަށް ބަދަލުކޮށްފައި ކަމަށާއި ރައިހާން ހޭއަރާފައި ހުރިނަމަވެސް މާބޮޑަކަށް ވާނުވާއެއް ރައިހާން އަށް ނޭނގޭކަމަށެވެ. މީގެ އިތުރުން މިހާރު ބޮޑީ މޫވްމަންޓެއް ގެނެސްފިނަމަ ރައިހާން ގެ އަނގައިންނާއި ނޭފަތުން އަދި ކަންފަތުންވެސް ލޭ އަންނަކަމަށް އޭނާ ފާހަގަ ކޮށްފައިއެވެ. ޝިޔާމް އިތުރަށް ބުނެފައިވަނީ ވަރަށް ބައިވަރު ޓެސްޓުތަކެއް ޑޮކްޓަރުން ހަދާފައިވާކަމަށާއި ޑޮކްޓަރުން ބުނެފައިވަނީ ބޮލުގެ ނާށިގަނޑު ނައްޓާލައިގެން ވަރަށް ބޮޑު އޮޕަރޭޝަންއެއް ކުރަން ޖެހިދާނެކަމަށެވެ.

"ރައިހާންގެ ބޮލުގެ ތިން ތަނަކަށް ވަނީ ގެއްލުން ލިބިފަ. އަދި ސިކުނޑި އަށް ދަވަ އެޅި ލޮލުގެ ފެނުންވެސް ފުސްވެފަ. އޭނާގެ ހާލު ސީރިއަސްވުމުން ފަރުވާދެމުންދަނީ އައިސީޔޫގަ"ރައިހާންގެ ބޭބެ

މީގެ އިތުރުން އޭނާ ބުނެފައިވަނީ ޑޮކްޓަރުން މިހާރުވެސް ދަނީ ރައިހާން އަށް ފަރުވާ ދެމުންކަމަށެވެ. ޑޮކްޓަރުން ރައިހާންގެ ހާލަތާއި މެދު މާބޮޑު އެއްޗެއް ބުނެފައި ނެތަސް މިއަދުގެ ވަގުތެއްްގައި ޑޮކްޓަރުންގެ ބަހެއް ލިބޭނެ ކަމަށެވެ.

ސީއެންއެމް އަށް މައުލޫމާތުދެއްވަމުން ކައުންސިލް މެމްބަރު އަހުމަދު ޝާކިފް ވިދާޅުވެފައިވަނީ މިކަން ހިނގާފައިވަނީ އެ ލޮރީ ފަހަތަށް ޖައްސަން އުޅުމުގެތެރޭގައި ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި މިކަން ހިނގި ވަގުތު އަނިޔާވި ޒުވާނާ ހުރީ ކޮޅަށް ކަމުން އޭނާ ގެ ބޯ ގުދަނުގެ ބެރިޔާ ލޮރީގެ ގެގަނޑާއި ދެމެދު ތާށި ވީކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި އޭނާ އެންމެ ފުރަތަމަ ގެންދެވުނީ ރަށުގެ ހޮސްޕިޓަލަށް ކަމަށެވެ.

މ.މުލީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ނާފިޒު ސީއެންއެމް އަށް ވިދާޅުވީ ރައިހާން ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޭނާގެ އަނގައިންނާއި ނޭފަތުން އަދި ކަންފަތުންވެސް ވަރަށް ބައިވަރު ލޭ އަންނަމުން ދިޔަކަމަށެވެ. ހޮސްޕިޓަލްގެ ފަރާތުން އައިޖީއެމްއެޗް ހޮސްޕިޓަލާއި ގުޅައި، ހަދަންޖެހޭ ރިވިއުތައް ވަރަށް އަވަހަށް ނިންމާލެވުނުކަމަށާއި ރައިހާން ގަޑިއެއްހާއިރު ތެރޭގައި މާލެ ފޮނުވާލެވިފައިވާކަމަށެވެ.

ރައިހާންއަށް އެހީ ވުމަށް މުލީ ކައުންސިލްގެ ފަރާތުންވަނީ ފަންޑު ފޮށިތަކެއްވެސް ބަހައްޓާފައިއެވެ. އެ ފަންޑުފޮށިތައް ބަހައްޓާ ތަންތަނަކީ އައިއެމް ކޯނާ 2، ޓައިކޫން ޕްލަސް، އަދި މުލީ ފުޓްސަލް ދަނޑުގައި ހަވީރު ހަތަރެކުން އިރުއޮށްސި ހައެކަށެވެ. 

ފައިސާ ޓްރާންސްފަރ ކުރަން ބޭނުންވާ ފަރާތްތަކަށް 7709469908101 އަށް ފައިސާ ޖަމާކުރެއްވުމުގެ ފުރުސަތު އެބައޮތެވެ. ޓްރާންސްފަ ސްލިޕް ފޮނުވާލަން ޖެހޭނީ 9774475 އަށެވެ. 

11%
ކަމުގޮސްފި
68%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް