ads
ނަސްރު ދަތުރުކުރި 'ޑިންގީގެ ބައެއް' ފެނިއްޖެ
. ދޮންފަނު ކައިރިން މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި ކަނޑަށް ވެއްޓި ގެއްލުނު ނަސްރުﷲ ދަތުރުކުރި ޑިންގީގެ ބައެއް ފެނިއްޖެއެވެ.
ބ. ދޮންފަނު ކައިރިން މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި ކަނޑަށް ވެއްޓި ގެއްލުނު ނަސްރުﷲ ދަތުރުކުރި ޑިންގީގެ ބައެއް ފެނިއްޖެއެވެ.

ފެނިފައިވަނީ ޑިންގާގައި ހަރުކޮށްފައިވާ އިންޖީނުގެ ބައެއްކަމަށް ބެލެވޭ ބައެކެވެ.

ސިފައިން ބުނީ ޑިންގީގެ އިންޖީނުގެ ބައެއް ފެނުނީ 40 މީޓަރު އަޑިން ދޮންފަނާއި، އަނގަފަރާއި ދެމެދުން ކަމަށެވެ.

"ފެނުނު އިންޖީނުގެ ބަޔަކީ ޑިންގީއަށް ނިސްބަތްވާ އެއްޗެއްތޯ އަންނަނީ ބަލަމުން،" އެމްއެންޑީއެފްގެ މޭޖާ އިބްރާހީމް އާޒިމް ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުންދާ ނަސްރުﷲ ހޯދުމަށްޓަކައި ސިފައިން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން އިއްޔެއާއި މިއަދުވެސް ވަނީ ހެލިކޮޕްޓަރު ބޭނުންކޮށްގެން ވައިގެ މަގުންވެސް އޭނާ ފެނޭތޯ މަސައްކަތްކޮށްފައި ކަމަށާއި މީގެއިތުރުން ސިފައިންގެ ލޯންޗުން ދަނީ ކަނޑުގެ ސާފޭސް އޭރިއާވެސް ބަލަމުން ކަމަށް ސިފައިން ބުނެއެވެ.

މި ހާދިސާގައި ހިނގިތާ މިއަދަށް 4 ވެފައިވާއިރު އަދިވެސް ހުއްޓުމެއް ނެތި އޭނާގެ ހަށިގަނޑު ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންދާ ކަމަށާއި އަދި އެ އޮޕަރޭޝަން ހުއްޓާލާނެ ވަކި ތާރީހެއް ކަނޑައަޅާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

މި ހާދިސާއަށްފަހު ސިފައިން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރު ލެފިޓިނެންޓް ކާނަލް އަހްމަދު މުޖުތަބާ ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި ގެއްލުނު މީހާވެސް އަދި އަޑިއަށް ދިޔަ ޑިންގީވެސް ނުފެންނަ ކަމަށާއި އެ އޮޕަރޭޝަނުގައި 120 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިފައިވާ ކަމަށެވެ.

ސާޗް ކުރަމުންދަނީ ފެންނަ ތަކެއްޗާއި އެ ސަރަހައްދުގައި ދަތުރުކުރާ ފަރާތްތަކުގެ އިތުރުން ކޮމްޕިއުޓަރުން ޖެނެރޭޓް ކުރާ ބޭސް ސަރަހައްދަކަށް ބަލައިގެން ކަމަށްވެސް މުޖުތަބާ ވިދާޅުވި އެވެ. އަދި އެ ހުރިހާ އެއްޗެއް އެއްކޮށްގެން ވަރަށް ރަނގަޅަށް އެ ސަރަހައްދު ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މި އޮޕަރޭޝަނުގައި ބ. އަތޮޅުގެ ބޮޑު ބައެއް ވައިގެ މަގުން ބަލާނެ ކަމަށާއި ރޭގަނޑުގެ ވަގުތުތަކުގައި ނައިޓް ވިޝަން ކެމެރާވެސް ސިފައިން ބޭނުންކުރާނެ ކަމަށްވެސް އެމްއެންޑީއެފް އިން ކުރިން ވަނީ ބުނެފަ އެވެ. މި އެކްސިޑެންޓް ހިނގި ސަރަހައްދަކީ ބ. ދޮންފަނުގެ ހުޅަނގު ދެކުނުން އޮންނަ އަނގަފަރު ކިޔާ ފަރެއް އޮންނަ ސަރަހައްދެއް ކަމަށާއި ނަމަވެސް ނަސްރުﷲ ގެއްލުނު ސީދާ ސަރަހައްދު ނޭނގުމުގެ ސަބަބުން އޭނާ ހޯދުމުގައި ދަތިތަކެއް އެބަހުރި ކަމަށްވެސް މުޖުތަބާ ވިދާޅުވި އެވެ.

މިހާދިސާގައި ޑިންޑީގައި ދަތުރު ކުރީ ތިން މީހުން ކަމަށާއި މީގެތެރެއިން މިހާދިސާގައި ދެ މީހަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބުނު ކަމަށް ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ މާޖިދު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ޑިންގީ ދުއްވަން އިން މީހާގެ އަތަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި ދެން ހުރި ކުއްޖާއަށްވެސް ބޭރުފުށުން ވަރަށް ގިނަ ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެކްސިޑެންޓުގައި ކަނޑަށް ގެއްލުނު ނަސްރުﷲ ޢަބްދުﷲގެ އާއިލާގެ މީހުން އަދިވެސް ތިބީ އޭނާގެ ހަށިގަނޑު ފެންނާނެ ވަގުތެއްގެ އިންތިޒާރުގައި ކަމަށްވެސް އަލީ މާޖިދު ވަނީ ވިދާޅުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް