ads
ދިރާގު ހޯމް އިންޓާނެޓް
ދިރާގުގެ ބްރޯޑްބޭންޑް ޕްކޭޖްތަކަށް ބަދަލުތަކެއް ގެނެސްފި
ސަރުކާރުން ހޯމް އިންޓަނެޓްގެ އަގު ހެޔޮކުރަން އިސްނަންގަވާ އެކަން ތަންފީޒުކުރައްވާފައިވާތީ، ދިރާގުން ފޯރުކޮށްދޭ ހޯމް ފައިބަ ބްރޯޑްބޭންޑް ޕްކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޑޭޓާގެ އަގުތައް ހެޔޮ ކޮށްފިއެވެ.

 މިގެނައި ބަދަލާއެކު ސަރުކާރުން އިޢުލާން ކުރެއްވި 3 ޕެކޭޖް ފައިބަ ބްރޯޑްބޭންޑް ޕޯޓްފޯލިއޯގައި ހިމެނުމުގެ އިތުރުން، އެލަވަންސް ހުސްވީމަ ލިބޭ ސްޕީޑް 300 ރުފިޔާ އަށް ވުރެ ދަށް ޕެކޭޖްގައި 2 އެމް. ބީ. ޕީ. އެސް އަދި އެހެން ހުރިހާ ޕެކޭޖެއްގައި 5 އެމް. ބީ. ޕީ. އެސް އަށް ވަނީ އިތުރު ކޮށްފައިކަމަށް ދިރާގުން އިތުރަށް މައުލޫމާތުދެއެވެ.

މިހާރު ކަސްޓަމަރުންނަށް %100 އާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ޕެކޭޖްތަކުން ލިބިގެންދާނެކަމަށާއި ޑޭޓާގެ އަގުތައް މިހާރު ވަނީ %50 އާ ހަމައަށް ހެޔޮވެފައިކަމަށް ދިރާގުން ބުނެފައިވެއެވެ. 

މި ބަދަލުތަކާއި އެކު ޕެކޭޖުތައް 1 ޖުލައި 2021 ގެ 00:00 އިން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. 

ދިރާގު މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި މިބަދަލުތައް ފެންނަން އިތުރު ވަގުުތު ނަގާނެކަމަށް ދިރާގުން ބުނެފައިވެއެވެ.

މި ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް