ads
އިންޑިއާ ހައި ކޮމިޝަން ދޮށުގައި ސިފައިން-- ފޮޓޯ: ސޯޝަލް މީޑިއާ
ރާއްޖެއާއި އިންޑިއާގެ ގުޅުމަށް އަސަރުކޮށްފާނެ ކަމުގެ އިންޒާރު އިންޑިއާއިން ދީފި
އިންޑިއާ ހައިކޮމިޝަނަރު ސަންޖޭ ސުދިރް އާއި ހައި ކޮމިޝަނުގެ ވެރިންގެ އަބުރު ގެއްލޭ ގޮތަށް އެކި ޕޯސްޓުތަކާއި، ނޫސްތަކުގައި ޝާއިއުކުރާ ލިޔުންތަކުން ހަމަލާދޭކަމަށް ބުނެ އެމައްސަލައާއިމެދު ފިޔަވަޅު ނާޅާފިނަ ދެގައުމުގެ ގުޅުމަށް ބުރޫއަރާފާނެކަމުގެ އިންޒާރު އިންޑިއާގެ ހައިކޮމިޝަނުން ދީފި އެވެ.

އެ ކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާފައިވާ ސިޓީގައި ބުނީ، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކާއި، ނޫސްތަކުން އިންޑިއާ ހައިކޮމިޝަނާއި އެ މިޝަންގެ ހެޑް އަދި ޑިޕްލޮމެޓިކް މުވައްޒަފުންގެ އަބުރަށް ގެއްލުންދެމުންދާކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަކަމަށެވެ.  

އަދި އެފަދަ ހަމަލާތައް ތަކުރާރުވަމުންދާ ނަމަ ހައި ކޮމިޝަނުގެ މަސައްކަތްތަކަށް ބުރޫއަރާފާނެކަމަށް ސިޓީގައި ބުނެފައިވެއެވެ. މީގެ އިތުރުން ދެ ފަރާތަށް ވެސް ފައިދާ ލިބޭ ގޮތަށް ޒަމާނުއްސުރެ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އަސަރުކޮށްފާނެ ކަމުގެ އިންޒާރުވެސް އެ ސިޓީގައި ދީފައިވެއެވެ.

އެހެންކަމުން ބޭރުގެ ޑިޕްލޮމެޓުންނަށް އެ މީހުން ތިބޭ ގައުމަކުން ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށާއި، އެ ޑިޕްލޮމެޓުންނަށް އެއްވެސް ގެއްލުމެއް ލިބިދާނެ ފަދަ ކަންކަމުން ސަލާމަތް ކުރުމަށް އެ ގައުމެއްގެ ސަރުކާރުން ފިޔަވަޅު އަޅައި ދޭން ޖެހޭނެ ކަމަށް “ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަން" ގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެފަދަ ފަރާތްތަކާއިމެދު ފިޔަވަޅު އަޅައިދިނުމަށް ވަނީ އެދިފައެވެ. 

މައުލޫމާތު ލިބޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމްއަށް ގުޅުއްވާވެސް އެކަން ބޮޑުވުން ހައި ކޮމިޝަނުން ވަނީ ފާޅުކޮށްފައެވެ. 

މިކަމާއި ބެހޭގޮތުން ފޮރިން މިނިސްޓްރީއަށް ސީއެންއެމްއިން ގުޅުމުން އެކަމަށް އަދި އެެއްޗެއް ބުނަން ބޭނުން ނުވާކަމަށް ވަނީ ބުނެފައެވެ. 

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް