ads
އެމްޑަބްލިއުއެސްސީ އިން ވަނީ މަތިވެރީގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފަށާފައި
މަތިވެރީގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި
އއ.މަތިވެރީގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

އެމްޑަބްލިޔުއެސްސީ އިން އއ.މަތިވެރީގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައި މިހާރު އަންނަނީ އެ މަސައްކަތް ކުރަމުންނެވެ. 

މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ފެނުގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ މަތިވެރިއަށް ގެންދެވިކަމަށް ވެސް ކުންފުނިން ބުނެއެވެ. 

އެ މަޝްރޫޢުގެ ދަށުން މަތިވެރީގައި 6.86 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެއާއެކު، ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު އެމަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މަތިވެރީގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެމަޝްރޫއުގެ އަގަކީ ޖުމްލަ  38.8 މިލިއަން ދިވެހި ރުފިޔާ އެވެ. އެ މަޝްރޫއުގެ މުއްދަތަކީ 450 ދުވަހެވެ. 

އެމަޝްރޫއުގެ މަސައްކަތް ނިމުމުން މަތިވެރީގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް