ads
އައްބާސް ފާއިޒް ރާއްޖެ ވަޑައިގަތުމަށްފަހު- ފޮޓޯ:ރައީސް އޮފީސް
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް އައްބާސް ރާއްޖެ ވަޑައިގެންފި
މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގާއި ކޯޓު މަރުހަލާތައް ގާތުން ބެލުމަށް ސަރުކާރުން ހަމަޖެއްސި ހާއްސަ މަންދޫބު ރާއްޖެ ވަޑައިގެންފިއެވެ.

ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން ހަމަޖައްސާފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ އައްބާސް ފާއިޒްއެވެ.  

އެ ބޭފުޅާ ހުކުރު ދުވަހު މާލެ ވަޑައިގެންފައިވާ ކަން ހާމަކުރައްވާ ރައީސް އޮފީހުން އިތުރަށް ބުނީ ފާއިޒަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ކަމަށެވެ.

އެ އޮފީހުން ބުނީ މޭ 6 ގެ ހަމަލާޔާގުޅޭ އެންމެހައި ތަހުގީގެއްއްގައި ޕްރޮސެކިއުޓަ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓުތައް ވެސް ތައްޔާރުކުރައްވާނެ ކަމަށެވެ.

އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާއީ، ސަގާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ހާއްސަ މާހިރެކެވެ. އަދި، އޭނާއަކީ ދެކުނު އޭޝިޔާ ބައްރުގެ ގައުމުތަކުގައި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައި، ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގާބިލް ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އެސެކްސްގައި 2017 ވަނަ އަހަރުން ފެށިގެން ޤާނޫނީ އިލްމުގެ ލެކްޗަރައެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ބައިނަލް އަގުވާމީ ތަޖުރިބާކާރުންގެ އެހީތެރިކަންވެސް ހޯދާނެ ކަަމަށް ރައީސް ސޯލިހް ވެސް ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް