ads
ޑރ. މުހައްމަދު އިޔާޒް
މަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ގެންގުޅުއްވާ ހުވަފެން ދޫކޮށްލައްވާ: ޑރ.އިޔާޒް
ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ރައީސް މުހައްމަދު ނަޝީދު ދެކިވަޑައިގަންނަވާ ހުވަފެން ދޫކޮށްލުމަށާއި އެއީ ދެން ދުވަހަކު ވެސް ވާނެކަމަށް ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަ ކަމުން ވަކި ކުރައްވާފައިވާ ދީނީ އިލުމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބުދުލް ލަތީފު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ނަޝީދުގެ ފޭކް ޓުވިޓާ އެކައުންޓްކަމަށް ބުނާ އެލެކްސް އަހުމަދުގެ އެކައުންޓުން ކޮށްފައިވާ ޓުވީޓަކަށް ރައްދު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ރައީސް ނަޝީދަށް ދެން ދުވަހަކު ވެސް ވަޑައިނުގަނެވޭނެކަމަށެވެ. 

ލެކްސް އަހުމަދުގެ އެކައުންޓުން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ ސޯޝަލް މީޑިޔާ ސާވޭ އަކުން އެފްޖީއެމް އަށް ސަޕޯޓު ކުރާ އަދި ނަފްރަތުގެ ބިލާ ދެކޮޅު ހަދާ މީހުންގެ 92 އިންސައްތަ މީހުންނަކީ އެއްބައެއްކަން ސާބިތުވެގެންދާނެ ކަމަށެވެ.

" އެފަދަ މީހުންގެ ތާއީދު ހޯދައިގެން އަޅުގަނޑު ކުރަން ބޭނުންވާ އެއްވެސް ސިޔާސީ މަސައްކަތެއް ނެތް،" މިއަހަރުގެ މޭ މަހު ވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދަވަން ރާއްޖެއިން ބޭރުގައި ހުންނަވައިގެން އެލެކްސް އަހުމަދުގެ އެކައުންޓުން ކުރެއްވި ޓްވިޓުގައި ވިދާޅުވެފަ އެވެ.

ރައީސް ނަޝީދުގެ ނުރަސްމީ އެ ޓްވީޓަށް ރައްދު ދެއްވަމުން ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް ދީން ގޮވާލަނީ އަންހެން ކުދިން އިއްފަތްތެރިކަމާއި ރައްކާތެރިކަމާއި އެކު ބޮޑުކޮށް ފިރިމީހާ އާ ހަވާލުކުރުމަށް ކަމަށެވެ. 

"ނަމަވެސް ރައީސް ނަޝީދު ގޮވާލައްވަނީ އަންހެން ކުދިން ނުވިހާ ގޮތް ހެދުމަށް ފަހު ފާހިޝް އަމަލު ހިންގަން. މީގެ އިތުރުން އެފްޖީއެމް އަށް ވުރެ ރައީސް ނަޝީދުގެ ގޮވާލުންތައް މާ ނުރައްކާތެރި،" ޑރ. އިޔާޒް ވިދާޅުވި އެވެ.

ރައީސް ނަޝީދާއި އިޔާޒާ އާއި ދެ ބޭފުޅުންގެ މެދުގައި ދޭތެރެ ދޭތެރެއިން ބަހުގެ ހަމަލަތައް ދެމުންގެންދަވާއިރު އެ ދެ ބޭފުޅުން ވެސް ހިޔާލު ތަފާތުވުން ބޮޑަށް ފެނިގެންދަނީ ދީނާ ގުޅޭ ގޮތުން ދައްކަވާ ވާހަކަ ގުޅިގެންނެވެ.

64%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް