ads
ކައިޒީންގެ ކުރީގެ ފޮޓޯއެއް--
ފޮޓޯއިން އެ ފެންނަނީ ކޮން ތަރިއެއްކަން އެނގޭތަ؟
ދިވެހި ތަރީންގެ ތެރޭގައި ދިވެހި މޮޑެލުންނަކީ ގުނާލެވޭ ބައެކެވެ. އޭގެ ތެރެއިން ވެސް ގިނަ ބަޔަކީ ފަހަކަށް އައިސް ސްޓައިލުންނާއި ލައިފްސްޓައިލަށް ގެނައި ބަދަލުތަކުންނާއި އެހެނިހެން ގޮތް ގޮތުން ވަރަށް ބޮޑަށް ބަދަލުވެފައިވާ ބައެކެވެ،

އެގޮތުން ފޮޓޯއިން އެ ފެންނަނީ ރާއްޖޭގެ މޮޑެލުންގެ ތެރެއިން އެންމެ އަގުބޮޑު އެންމެ މަގުބޫލު އެއް މޮޑެލް ކައިޒީންގެ ފޮޓޯއެކެވެ.މި ފޮޓޯއަކީ 2015 ވަނަ އަހަރުގެ ފަހުކޮޅު ކައިޒީން ނަގާފައިވާ ފޮޓޯއެކެވެ. 

މި ފޮޓޯއިން ކައިޒީން ކުރިއާ ތަފާތު ނަމަވެސް، ރީތިކަމަށް އަދިވެސް ބަދަލެއް ނާންނަ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި ކައިޒީން ދުވަހަކަށް ފަހު ދުވަހެއް ވަނީ ޒުވާން ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.

ކުރީގެ ފޮޓޯތަކުން ވެސް މިހާރެކޭ އެއްގޮތަށް އޭރު ވެސް ކައިޒީން އެހާ ސްޓައިލިޝް އެވެ. އެކަން ހާމަވެގެން ދަނީ ބްލޮންޑުކޮށްފައި އޮތް އިސްތަށިގަނޑާއި ކަންފަތުގައި ލައްވާފައި ހުރި އެތީގެ އިތުރުން ލާފައި ހުރި ޑެނިމް ޖެކެޓުން ވެސް އެކަން ހާމަވެއެވެ.

ކައިޒީން އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މަޝްހޫރް މޮޑެލެއެވެ. ކައިޒީންގެ އިންސްޓަގްރާމްގައިވެސް އެއްލައްކައަށްވުރެ ގިނަ ފޮލޯވަރުން ތިބިއިރު ކައިގެ ޕޯސްޓުތަކަކީ ކުޑަ ސިކުންތެއް ތެރޭ ވައިރަލް ވެގެންދާ ޕޯސްޓްތަކެކެވެ.  

8%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް