އިންޑިޔާގެ އަސްކަރީ މަނަވަރު ޝަރްދާ އަންނާނެކަމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑްޑީއެފް)ން ހާމަކުރީ އެމްއެންޑީއެފުން މިއަދުގެ ވަގުތެއްގައި ކުރި ޓްވީޓެއްގައެވެ.
އެމްއެންޑީއެފުން ބުނީ އިންޑިޔާގެ އަސްކަރީ މަނަވަރެއްކަމަށްވާ "ޝަރްދާ" ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައިކަމަށެވެ.
އިންޑިޔާއާއި ރާއްޖޭގެ އަސްކަރިއްޔާއިން ގުޅިގެން "އެކްސް އެކަތަ 4" ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާއިރު، އެމްއެންޑީއެފުން ބުނީ އިންޑިޔާގެ މިމަނަވަރު ރާއްޖެ އައީ އެތަމްރީނު ޕްރޮގްރާމުގެ ނިންމުމުގައި ބައިވެރިވުމަށް ކަމަށެވެ.
އަދި "ޝަރްދާ" ނަމަކަށް ކިޔުނު މި މަނަވަރު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށްވެސް އެމްއެންޑްޑީއެފް އިން މައުލޫމާތުދީފައިވެއެވެ.