
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އާންމުކުރި ބަޔާނުގައި އެމިނިސްޓްރީން ބުނީ، މުދަލާއި ކާބޯތަކެތި ވިއްކާ ގަޑިތަކަށް ގެންނަ ބަދަލާއި އެއްގޮތަށް މާދަމާއިން ފެށިގެން އަމަލުކުރެވޭނެކަމަށެވެ.
އަދި މާދަމާއިން ފެށިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އާންމުންނަށް ހުޅުވާލައިގެން ހިދުމަތްދެވޭނީ، ފަތިހު 4 އިން ރޭގަނޑު 11:30 އާއި ހަމައަށް ކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ މުދާ ވިއްކާ ތަންތަން އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނީ ފަތިހު 5 އިން ރޭގަނޑު 11 ޖެހުމާއި ހަމައަށް ކަމަށްވެސް ބުނެފައެވެ.
މީގެއިތުރުން، މުދާ ވިއްކާ ތަންތަނުންނާއި، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން 24 ގަޑިއިރު ޑެލިވަރީގެ ހިދުމަތް މެދުކެނޑުމެއްނެތި ކުރިއަށްގެންދެވޭނެކަމަށްވެސް އެމިނިސްޓްރީން ނެރުނު ބަޔާނުގައި ހާމަކޮށްފައިވެއެވެ.
އެހެންނަމަވެސް، މުދާ ވިއްކާ ތަންތަނާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ފޯރުކޮށްދެމުން ގެންދާއިރު، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން(އެޗްޕީއޭ) އިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށް ސަމާލުކަން ދޭންވާނެކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.