ލޯންޗު އެކްސިޑެންޓެއްގައި ރ. އިނގުރައިދޫ ޒުވާނެއްގެ ފައި ބުރިވެއްޖެ އެވެ.

Advertisement
ލޯންޗު އެކްސިޑެންޓެއްގައި ރ. އިނގުރައިދޫ ޒުވާނެއްގެ ފައި ބުރިވެއްޖެ އެވެ.
އެނެގިފައިވާ ގޮތުގައި އެހާދިސާގައި އަނިޔާވީ އުމުރުން ގާތްގަނޑަކަށް 35 ވަރަކަށް އަހަރުގެ ޒުވާނަކަށެވެ. އިނގުރައިދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު މިހާރު އޭނާއަށް ދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އެ ހޮސްޕިޓަލުގެ އޮފިޝަލަކު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ހޮސްޕިޓަލަށް އެ ޒުވާނާ ގެނެސްފައި ވަނީ މީގެ ގަޑިއެއްހާއިރު ކުރިންނެވެ.
އިނގުރައިދޫ ކައުންސިލުގެ މެމްބަރަކު ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ އެރަށު ކައިރީގައި އޮންނަ ތިލައެއް ކައިރީގައި ރަށުގެ ޒުވާނުންތަކެއް ފީނަން ގޮސް އުޅެނިކޮށް އެ ޒުވާނާގެ ފައި ލޯންޗެއްގެ ބުރަފަތީގައި ޖެހިގެންނެވެ.
މެމްބަރު ވިދާޅުވި ގޮތުގައި އެ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 4:30 ހާއިރެވެ.