ads
ޖޯން ދިޕިކާ އަދި ޝާހުރުކް
ޖޯން އަބްރަހަމް މުޅިން އާރޯލަކުން ފެންނަނީ
ސިދާތު އާނަންދު ޑައިރެކްޓްކޮށް ޝާހުރުކްހާން ލީޑްރޯލުން ފެނިގެންދާ ފިލްމު "ޕަޓާން" ގައި ޖޯން އަބްރަހަމްގެ މުޅިން ތަފާތު ރޯލެއް ފެންނާނެއެވެ.
Advertisement

މި ފިލްމުން ޖޯން އަބްރަހަމް ފެނިގެންދާނީ ފްރީލާންސް އަންޑާކަވާ ޓެރެރިސްޓެއްގެ ގޮތުގައިއެވެ. 

މި ފިލްމުގައި ޖޯން އަބްރަހަމަކީ ފައިސާއަށްޓަކައި ރަޝިޔާގެ މާފިޔާއަށް މަސައްކަތް ކުރާ މީހެކެވެ. މި ފިލްމުގައި ދިޕިކާ ޕަޑުކޯން އާއި ޝާހުރުކް ފެނިގެންްދާނީ ރަޝިޔާގެ މާފިޔާއާއި ދެކޮޅަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ކަމުން ޝާހުރުކްހާނާއި ޖޯން އަބްރަހަމްގެ ވަރަށް ގިނަ ފައިޓް ސީންތަކެއް މިފިލުމުން ފެނިގެންދާނެކަމަށް ގަބޫލުކުރެވެއެވެ. 

މިފިލްމުގައި ޖޯން އަބްރަހަމް ތަފާތު އެކި ގޮތްގޮތަށް ފެނިގެންދާނެއެވެ.

މިފިލްމުގައި ސަލްމާންހާން ގެ ހާއްސަ ފެނިލުމެއް ފެނިގެންދާނެކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ކުރިން ބުނެފައިވެއެވެ. 

ދުވަސްކޮޅެއް އެކްޓިނާއި ދުރުގައި ހުރުމަށްފަހު ޝާހުރުކް ފެންނަގެންދާ މި ފިލްމުގެ ވަރުގަދަ އެކްޝަން ސީންތަކެއް ދުނިޔޭގެ އެންމެ އުސް ޢިމާރާތް ކަމަށްވާ ޔޫއޭއީގެ ބުރުޖް ހަލީފާގައި ޝޫޓް ކޮށްފައިވެއެވެ. ފިލްމުގައި ދިޕިކާގެ ވަރުގަދަ އެކްޝަން ސީންތަކެއްވެސް ހިމެނެއެވެ.

"ޕަޓާން" ގެ މަންޒަރުތަކެއް މިދިޔަ މަހުގެ ފަހުކޮޅު ވެސް ޔޫއޭއީގައި ވަނީ ނަގާފައެވެ. ދުބާއީގައި ޝޫޓްކުރި މަންޒަރުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ވެހިކަލްތަކެއް ބޭނުންކޮށްގެން ނެގި މަންޒަރުތަކެއް ވެސް ހިމެނެ އެވެ. 'ޕަޓާން' ގެ ޝޫޓިން މުމްބާއީގައި ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ.

 މިއަހަރުގެ ޖެނުއަރީ މަހު މި ފިލްމު ރިލީޒް ކުރަން ނިންމި ނަމަވެސް ކޯވިޑާއި ގުޅިގެން ފިލްމު ރިލީޒްކުރެވޭނެ ތާރީހެއް އަދި ޔަގީނެއް ނޫނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް