ads
ކާޖަލް ކުޑައިރު
ޕްރިޔަންކާ ޗޯޕްރާ އޭނާގެ ކުޑައިރުގެ ފޮޓޯއެއް ދައްކާލައިފި
މަޝްހުުރު އެކްޓްރެސް ޕްރިިޔަންކާ ޗޯޕްރާ އޭނާގެ ކުޑައިރުގެ ފޮޓޯއެއް ދައްކާލާފަ ވަނީ އޭނާގެ އިންސްޓަގްރާމް ޕޯސްޓަކުންނެވެ.

ޕްރިޔަކާ އޭނާގެ އިންސްޓަގްރާމް އަށް ދެ ފޮޓޯއެއް ޕޯސްޓް ކޮއްފައިވާއިރު، އޭނާ މިފޮޓޯތައް އިންސްޓަގްރާމް އަށް ޕޯސްޓްކޮށްފައިވަނީ އޭނާގެ ކޮއްކޮ ސިދާތް ޗޯޕްރާގެ އުފަންދުހުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުންނެވެ.

ފުރަތަމަ ފޮޓޯއިން ފެންނަނީ ޕްރިޔަންކާއާއި ސިދާތް ކުޑައިރު މޫދުގެ ރާޅުޖަހާ ހިސާބެއްގައި ތިބޭތަނެވެ. އަދި ދެވަނަ ފޮޓޯއިން ފެންނަނީ ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާއާއި ސިދާތް ފުޑް ޓްރަކްއެއްކައިރީގައި ހުއްޓިލައިގެން ހުންނަތަނެވެ. އަދި އެޓްރަކް ކައިރީގައި ސިދާތްއަށް އުފަންދުވަހުގެ ތަހުނިޔާ ކިއުމުގެ ގޮތުން ނޯޓެއް ހުއްޓެވެ. މި ނޯޓަކީ ޕްރިޔަންކާއާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސްގެ ފަރާތުން  ސިދާތަށް ލިޔެފައިވާ ނޯޓެކެވެ.

ޕްރިޔަންކާ އެންމެފަހުން ފިލްމަކުން ފެނިފައިވަނީ ރާޖުކްމާރް ރޯއި އަދި އާދަރްޝް ގޯރަވްއާއި އެކުގައެވެ. އަދި ޕްރިޔަންކާދެންފެނިގެންދާނީ "ޓެކްސްޓް ފޯޔޫ" ގެ ލީޑް ރޯލުންނެވެ. މީގެ އިތުރުން "މެޓްރިކްސް 4" އިންވެސް ފެނިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް