ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކެޔޮދޫގައި ކުރިއަށް ގެންދާ ޒިންމާދާރު ރައްޔިތުން ބިނާ ކުރާ ބައްދަލުވުގެ ތެރެއިން-- ފޮޓޯ: ހޯމް މިނިސްޓްރީ
ޒިންމާދާރު ރައްޔިތުން ބިނާ ކުރާ ބައްދަލުވުމެއް ކެޔޮދޫގައި ފަށައިފި
ޒިންމާދާރު ރައްޔިތުން ބިނާ ކުރުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހިންގާ ޕްރޮގްރާމްގެ ދަށުން ބާއްވާ 14 ވަނަ ބައްދަލުވުން ވ. އަތޮޅުގައި ފަށައިފި އެވެ.
Advertisement
ޒިންމާދާރު ރައްޔިތުން ބިނާ ކުރުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހިންގާ ޕްރޮގްރާމްގެ ދަށުން ބާއްވާ 14 ވަނަ ބައްދަލުވުން ވ. އަތޮޅުގައި ފަށައިފި އެވެ.

ވ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އެ ބައްދަލުވުން ކުރިއަށް ގެންދަނީ ކެޔޮދޫގަ އެވެ. ބައްދަލުވުމުގައި ވ. އަތޮޅުގެ ރަށްތަކުން 40 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެލައްވަ އެވެ.

އެގޮތުން ބައްދަލުވުމުގައި ބައިވެރިވަނީ ރަށްރަށުގެ މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި، ކްލަބް ޖަމްއިއްޔާތަކުގެ އިސް ބޭފުޅުންނެވެ. ބައްދަލުވުން ފެށުމަށް ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ކެޔޮދޫ ކައުންސިލްގެ ރައީސް އަހުމަދު ޔޫސުފް އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ އެއީ ވަރަށް މުހިއްމު ބައްދަލުވުމެއް ކަމަށާއި، ވ. އަތޮޅުގައި އެބައްދަލުވުން ބާއްވާތީ އު ފާކުރައްވާ ކަމަށެވެ. އަދި ހުރިހާ ބޭފުޅުން ވެސް ބައްދަލުވުމުގައި ފުރިހަމައަށް ބައިވެރިވެ، ބައްދަލުވުމުގައި ދޭ މައުލޫމާތުތައް ފުރިހަމައަށް ބޭނުން ހިފުމަށް އިލްތިމާސްކުރެއްވި އެވެ.

ބައްދަލުވުމުގައި ތަފާތު 10 ދާއިރާއަކުން މައުލޫމާތު ހިއްސާކޮށް، މަޝްވަރާ ކުރާނެ އެވެ. އެ ދާއިރާތަކަކީ މޯލްޑިވްސް ޕޮލިސް ސާވިސް، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، ޖުވެނައިލް ޖަސްޓިސް ޔުނިޓް، ނެޝަނަލް ޑްރަގް އެޖެންސީ، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއެވެ.

އެ ދާއިރާތަކުން ސެޝަންތައް ކުރިއަށްގެންދާނީ ވ. އަތޮޅުގައި އެދާއިރާތަކަށް ފާހަގަކުރެވޭ އަދި ރެކޯޑްކުރެވޭ ކަންތައްތަކަށް ބަލައިގެން ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއީ ޒިންމާދާރު ރައްޔިތުން ބިނާކުރުމަށް، ރަށްރަށުގައި ތިބި ޒިންމާދާރު ފަރާތްތައް އަހުލުވެރިކުރުމަށާއި، އެފަރާތްތައް މެދުވެރިކޮށް ރައްޔިތުން ޒިންމާދާރުކުރުމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކެކެވެ.

ހޯމް މިނިސްޓްރީން ބުނީ މިއީ މިއަހަރު ކުރިއަށްގެންދާ އެސިލްސިލާގެ ފަހު ބައްދަލުވުމެވެ. އެގޮތުން އެބައްދަލުވުން ކެޔޮދޫގައި ކުރިއަށްދާނީ ބުދަ އަދި ބުރާސްފަތި ދުވަހު ކަމަށާއި މިއަހަރު އެބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ރ.އަތޮޅާއި، ތ.އަތޮޅުގެ އިތުރުން ވ.އަތޮޅުގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް