ads
ވިއާން
ވިއާންއަކީ ޓައިގާ ޝްރޮފް "ލައިޓް"
ޝިލްޕާ ޝެޓީ ރާޖް ކުންދަރުގެ ދަރިފުޅު ވިއާން ރާޖް ކުންދަރު އަކީ ޓައިގާ ޝްރޮފް "ލައިޓް"ކަމަށް ފޭނުން ބުނެފިއެވެ.

ފޭނުން މިހެން ބުނެފައި ވަނީ ޝިލްޕާ ޝެޓީގެ ކޮއްކޮ ޝަމީޓާ ޝެޓީ އިންސްޓަގްރާމްގައި އާންމު ކޮށްފައިވާ ވިޑިއޯ އަކާ ގުޅިގެންނެވެ. މި ވީޑިއޯއިން ފެނިގެން ދަނީ އުމުރުން އެންމެ ނުވަ އަހަރުގެ ވިއާން ރާޖް ކުންދަރު ކަސްރަތު ކުރަމުންދާ މަންޒަރެވެ. 

ފޭނުން ވަނީ މިވިޑިއޯއަށް ވަރަށް ތައުރީފްކޮށްފައެވެ. ވިއާން އަކީ ޓައިގާ ޝްރޮފްގެ ވަރަށް ބޮޑު ފޭންއެކެވެ. ޓައިގާ ޝްރޮފް އިންޕްރެސްކުރުމުގެ ގޮތުން ވިއާން ވަނީ ބެކްފްލިޕަ ކުރަންވެސް ދަސްކޮށްފައެވެ.

އަދިމިވީޑިއޯވެސް ވަނީ ޝިލްޕާ ޝެޓީ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ. އަދި  ޝިލްޕާ ބުނެފައިވަނީ  ޓައިގާ އަކީ ވިއާންގެ އިންސްޕިރޭޝަން ކަމަށެވެ. އަދި ޓައިގާ މިއަށް ރައްދުދެމުން ބުނެފައިވަނީ ވިއާން އަކީ ވަރަށް ހުނަރުވެރު ކުއްޖެއްކަމަށާއި، ވިއާން އަކީ މިހާރު  ޓައިގާގެ އިންސްޕިރޭޝަން ކަމަށެވެ.

ޝިލްޕާ ޝެޓީ އަކީ ބޮލީވުޑް އެކްޓޮރެސްއެއްގެ އިތުރުން ޔޯގާ އިންސްޓްރަކްޓާއެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް