ads
އަޝްމަލީ--
އަޝްމަލީ ހިމެނޭ މައްސަލާއިގައި މިހާތަނަށް 40 މީހުން ހައްޔަރުކޮށްފި
ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އަދި ދިރާގުގެ ޗެއާމަންކަން ކުރެއްވި މުހައްމަދު އަޝްމަލީ ލަންކާގައި ހައްޔަރު ކުރި މައްސަލައިގައި މިހާތަނަށް 40 މީހުން ހައްޔަރު ކޮށްފައިވާކަމަށް ސްރީލަންކާ ގެ ފުލުހުން ބުނެފިއެވެ.

އަޝްމަލީ ލަންކާގައި ހައްޔަރުކުރީ 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވައި އެ ކުއްޖާގެ ބޭނުން ނަހަމަ ގޮތުގައި ހިފި މައްސަލާގައިއެވެ. ސްރީލަންކާގެ ފުލުހުން ބުނާ ގޮތުގައި މިހާތަނަށް މި މައްސަލައިގައި 41 މީހެއް ހައްޔަރުކުރެވިފައިވާކަމަށެވެ. 

ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި، ކުއްޖާގެ މައިންބަފައިންގެ އިތުރުން، ނޭވީ ޑޮކްޓަރަކާއި، ސިޔާސީ މީހަކާއި، ޑްރައިވަރުންތަކަކާއި، ފާދިރީއަކާއި، ވިޔަފާރިވެރިންތަކަކާއި، ކުރީގެ ބޭންކް މެނޭޖަރަކާއި، ހޮޓެލް މެނޭޖަރަކާއި، ފުލުސް އޮފިސަރަކާއި، ކުއްޖާ ވިއްކަން ބޭނުން ކުރި ވެބްސައިޓުތަކުގެ ވެރިންނާއި، އިސްތިހާރު ހެދި މީހުން ހިމެނެ އެވެ. 

ނޭވީ ޑޮކްޓަރާއި، ސިޔާސީ މީހާގެ އިތުރުން ދެ ވިޔަފާރިވެރިއަކަށް ބެއިލް ދައްކައިގެން ބަންދުން ސަލާމަތްވެވޭނެ ގޮތް ކޮލަމްބޯ މެޖިސްޓްރޭޓު ކޯޓުން މި މަހުގެ ނުވަ ވަނަ ދުވަހު ވަނީ ހަމަޖައްސައިދީފަ އެވެ.

މީގެ ދެ ހަފްތާ ކުރިން ފަޅާއެރި މި މައްސަލައިގައި މައުންޓް ލެވީނާ ސަރަހައްދުގައި އެ ކުޑަކުއްޖާ ވިއްކީ ވެބްސައިޓްތަކެއް ހަދައިގެންނާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް އިޝްތިހާރުކޮށްގެންނެވެ. ލަންކާ ފުލުހުންނަށް އެކަން އެނގި ބަޔަކު ހައްޔަރުކުރި އިރު އެކަން ހިންގާތާ ތިން މަހެއްހާ ދުވަސް އޮތީ ވެފަ އެވެ.

މި މައްސަލައިގައި ފުލުހުން އެންމެ ސީރިއަސް ތުހުމަތުތައް ކުރަނީ ކުއްޖާގެ މައިންބަފައިންނަށެވެ. 

އުމުރުން 45 އަހަރުގެ އަޝްމަލީ މި މަހުގެ 16 އާ ހަމައަށް ބަންދުގައި ބަހައްޓަން ކޯޓުން ނިންމާފައިވާއިރު އޭނާ ކޯޓުގައި ބުނެފައި ވަނީ، އޮންލައިންކޮށް ފައިސާ ދައްކައި ބުކިން ހެއްދީ ވެބްސައިޓަކުން އިސްތިހާރެއް ފެނިގެން "އޮއިލް މަސާޖެއް ކުރަން" ކަމަށެވެ. އަދި ބުކިން ހެއްދިއިރު އެއީ ކުޑަ ކުއްޖެއްކަން ނޭނގޭ ކަމަށް ވެސް ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް