ads
ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް
އެންމެގިނައިން ހުށަހަޅާފައިވަނީ ގެދޮރުގެ މައްސަލަ: އިންތިގާލީ އިންސާފުގެ އޮފީސް
އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލި ފަހުން މިހާތަނަށް އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލަތައް ކަމަށް އެ އޮފީހުން ބުނެފި އެވެ.
Advertisement

އިންތިގާލީ އިންސާފުގެ އޮފީހުން ބުނިގޮތުގައި އެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލި ދުވަސްކަމަށްވާ މިދިޔަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ އޮފީހަށް 59 މައްސަލައެއް ހުށަހެޅި އިރު 54 އިންސައްތަ މައްސަލައަކީ ބޯހިޔާވަހިކަމާ ގުޅޭ މައްސަލަތަކެވެ.

ހުށަހެޅުން މައްސަލަތަކުގެ ތެރެއިން ދެ ވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސައްކަތް ކުރުމުގެ ހައްގަށް އުނިކަމެއް ލިބިފައިވާތީ ހުށަހެޅިފައިވާ މައްސަލަތައްކަމަށް އެ އޮފީހުން ބުނެ އެވެ. މަސައްކަތް ކުރުމުގެ ހައްގަށް އުނިކަން ލިބިގެން 20.34 އިންސައްތަ މައްސަލަ ހުށަހެޅިފައިވާކަމަށް އިންތިގާލީ އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ގެއްލުން ކަމަށް ބުނެ 8.47 އިންސައްތަ މައްސަލަ ހުށަހަޅާފައިވާކަމަށާއި އަދި މުދާ ހޯދުމާއި ލިބިގަތުމުގެ ހައްގާއި މުދާ ލިބިގަތުމުގެ ހައްގާއި ބެހޭ ގޮތުން 6.78 އިންސައްތަ މައްސަލަ ހުށަހެޅިފައިވާކަމަށް އިންތިހާލީ އޮފީހުން ބުނެ އެވެ.

ގާނޫނާއި ހިލާފަށް ހައްޔަރު ކުރުމުގެ މައްސަލަ އާއި އުނގެނުމުގެ ހައްގާއި ބެހޭ ގޮތުން 3.39 އިންސައްތަ މައްސަލަ ހުށަހަޅާފައިވާއިރު ޒާތީ ދިރިއުޅުމުގެ މައްސަލަ އާއި ޕެންސަން ލިބިގަތުމުގެ ހައްގާއި ބެހޭ ގޮތުން 1.69 އިންސައްތަ މައްސަލަ ހުށަހަޅާފައިވާކަމަށް އެ އޮފީހުގެ ތަފާސް ހިސާބުން ދައްކަ ވެއެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބެލުމަށް ހަމަޖައްސާފައިވަނީ 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ފަރާތަކުން ނުވަތަ އެ މުއައްސަސާއެއްގައި މަސައްކަތް ކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަވާ ގޮތަށް ހިންގާފައިވާ އަމަލުތަކާ ގުޅޭ މައްސަލަތަކެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް