ހައުސިން މިނިސްޓްރީން މިއަދު ބުނީ ހަނިމާދޫގައި އިމާރާތް ކުރަން ފަށާފައިވާ 52 ހައުސިން ޔުނިޓް ނިންމުމުގެ މަސައްކަތާއި އެ ރަށުގައި އަލަށް އިމާރާތް ކުރާ 48 ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކުރީ ދޮންބެޒް ޕްރައިވެޓް ލިމިޓަޑާ ކަމަށެވެ.
ދައުލަތުގެ ބަޖެޓުން 79.3 މިިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ އެ މަޝްރޫއު ނިންމަން ހަމަޖެހިފައި ވަނީ 330 ދުވަހުންނެވެ.
ހަނިމާދޫގެ އިތުރުން ނޮޅިވަރަންފަރުގައި އިމާރާތް ކުރަން ފަށާފައިވާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާ އެވެ. ދައުލަތުގެ ބަޖެޓުން 53.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއު 240 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.