ads
މަސްމާރުކޭޓް ސަރަހައްދު
މަސްމާރުކޭޓު އިމާރާތުގެ މަތީގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުސްކުރަން އަންގައިފި
މާލޭގެ ރޯމަސް މާރުކޭޓް އިމާރާތުގެ މަތީގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުސްކުރަން މާލޭ ސިޓީ ކައުންސިލުން އިއްޔެ އަންގައިފި އެވެ.
Advertisement

މާލެ ސިޓީ ކައުންސިލުން މިއަދު ސީއެންމެމް އަށް ބުނީ ގަވާއިދާ ހިލާފަށް ތިން ތަނަކާއި ލޭބަރުން ބައިތިއްބާ ތަނެއް މިމަހުގެ 28ގެ ނިޔަލަށް ހުސްކުރަން އަންގާފައިވާ ކަމަށެވެ،

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ، މަސް މާރުކޭޓް އިމާރާތުގެ މަތީގެ ދެ ފަންގިފިލާގައި ހުރި މީހުން ނިދާ ތަންތަނާއި ފިހާރަތަކާއި ގުދަން ފަދަ ތަންތަން، މިހާރު ބޭނުންކުރަމުން ގެންދާ ފަރާތްތައް ދެނެގަތުމަށްޓަކައި އެ ކައުންސިލުން ކުރި އިއުލާނާ ގުޅިގެން ރަސްމީ ލިޔުމެއް ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށެވެ.

އެންމެ ފަރާތަކުން ލިޔުން ހުށަހެޅި ނަމަވެސް އެ ތަނުގެ އެހެން ތަންތަނުގައި ވެސް މުދަލާއި ތަކެތި ހުރުމުން، އެ ތަންތަން ހުސްކުރަން އަންގާ ކަމަށް ވެސް އިއުލާނުގައި ވެ އެވެ.

ލިއުން ހުށަހަޅާފައިވަނީ މަސް މާރުކޭޓުގެ މަތީގައި ހުރި "ލިސްޓޯ ފިހާރަ" އިން އެކަންޏެވެ.

"އެ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާ މެދު މި އިދާރާ އިން ނިންމާ ގޮތެއްގެ މަތިން އަމަލުކުރެވޭނެ އެވެ. އަދި މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް މި އިދާރާ އިން ޒިންމާ ނުވާނެ ވާހަކަ ވެސް އަންގައި އިއުލާން ކުރީމެވެ،" ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް