ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކާއި ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅު މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މައްސަލާގައި އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ނިންމައިފިއެވެ.

Advertisement

ނަސޭހަތް ދިނުމަށް ނިންމި ތިން ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ އަރީފާއި އާދަމް މުހައްމަދު އަބްދުﷲ އެވެ. އޭގެތެރެއިން ފަނޑިޔާރު އަރީފަކީ ޖޭއެސްސީގެ ރައީސް ވެސްމެއެވެ.
މި ތިން ފަނޑިޔާރުންނާއި ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުން ދިޔައީ ކޮން މައްސަލައެއް ކަމެއް އެ ކޮމިޝަނަކުން ނުބުނެއެވެ. ނަމަވެސް މިއީ މި ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިން ދެވަނަ ފަހަރެވެ. މީގެކުރިން ނަސޭހަތް ދިނީ ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރެއްގެ ބަޔާން ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން މިދިޔަ ހަފްތާގައި ނަގާފައިވާއިރު، އެނގިފައިވާ ގޮތުގައި ޖޭއެސްސީއަށް ހުށައަޅާފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ސޮއިކުރުމަށްފަހު، ފަހުން އެ އަމުރު ބާޠިލްކަމަށް ކަނޑައަޅާ ސޮއިކުރި މައްސަލައާ ގުޅިގެން ޖޭއެސްސީން ކުރިއަށް ގެންދިޔަ ތަހުގީގަށް ފަހުއެވެ.