މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) ބުނީ މިއަދު ހެނދުނު 10:30 އިން ފެށިގެން މެންދުރު 3 ޖެހުމާ ހަމައަށް ރާއްޖޭގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 2-5 ފޫޓާ ދެމެދަށެވެ.
އިއްޔެ ވަނީ މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާ ބައެއް ގެއްލުންތައް ލިބިފައެވެ. އެގޮތުން މާލޭ ކާނިވާ ސަރަހައްދަށް ވަރަށް ބޮޑަށް އުދަ އަރާ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލްތަކަށް ވަނީ ގެއްލުންވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;