ads
ރައީސް ނަޝީދު އަށް ދިން ހަމަލާއާއި ގުޅިގެން ހައްޔަރު ކުރި މީހެއް
ޓެރަރިސްޓު ހަމަލާގެ ތިން ބައިވެރިއަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މެއި 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓު ހަމަލާގައި ހައްޔަރުކުރި ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ހުކުމް ކޮށްފިއެވެ.

އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ބޮން ގޮއްވާލަން ރިމޯޓަށް ފިއްތި އަދުހަމް އަހުމަދު ރަޝީދު (26) ހިޔާ، ވ. ތިނަދޫ ހިމެނެއެވެ. އޭގެ އިތުރުންވެސް އެ ހަމަލާއާ ގުޅިގެން ދެން ހައްޔަރުކުރި މީހުންނަކީ މުޖާޒު އަހުމަދު (21) މއ. ފޭރުގެ، ތަހުމީން އަހުމަދު (32) ގއ. ކޮނޑޭ، ފޮޅޭމާ، އަހްމަދު ފާތިހު (23) ލ. ގަން، ދުންފިނިއުފާއެވެ. އަދި މިދިޔަ މަހުގެ 11 ވީ ހުކުރު ދުވަހު ހައްޔަރުކުރި ނ. މަނަދޫ ނޫރީގެ، އުމުރުން 27 އަހަރުގެ އަލީ ހައިޝަމްއެވެ.

ފުލުހުން މިއަދު ބުނީ މި މީހުންގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުކުރުމުން، ހަމަލާގައި ހިމެނޭ ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. ޝަރިއަތް ނިމެންދެން ބަންދުކުރަން ނިންމާފައިވަނީ މުޖާޒު އަހުމަދު، ތަހުމީން އަހުމަދު، އަދުހަމް ރަޝީދު އަހުމަދެވެ.

މީގެ އިތުރުން މައްސަލައިގައި ހައްޔަރުކުރި އަލީ ހައިޝަމްގެ ބަންދަށް ވަނީ އިތުރު 30 ދުވަސް ޖަހާފައެވެ.

މުޖާޒު އަހުމަދު އާއި، ތަހުމީން އަހުމަދު އަދި އަދުހަމް އަހުމަދު ރަޝީދު އަކީ ކުށުގެ ރިކޯޑު އޮންނަ މީހުން ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން  މަސްތުވާތަކެއްޗާއި ވައްކަށް ފަދަ އާންމު ކުށްތަކުގެ ރިކޯޑު އެމީހުންގެ އޮންނަ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވެފައިވެއެވެ.  

ނަޝީދުއަށް އަމާޒުކޮށް ޓެރެރިސްޓު ހަމަލާދިން ރޭ އެހާދިސާ ހިނގިގޮތް ދައްކުވާދޭ ސީސީޓީވީ ފުޓޭޖެއް އާއްމުކޮށް ހާދިސާ ތަފްސީލުކޮށް މެއި މަހުގެ ނުވަ ވަނަ ދުވަހު ފުލުހުން ވަނީ ތަފްސީލް ކޮށްދީފައެވެ. 

ރައީސް ނަޝީދުއަށް ސީދާ ބޮމުގެ ހަމަލާދިންކަމަަށް ތުހުމަތުކުރާ، އަދުހަމް ބޮންގޮއްވާލުމުގެ ކުރިން ހަރަކާތްތެރިވެފައިވާ ގޮތާއި، ބޮންގޮއްވާލުމަށްފަހު ހަރަކާތްތެރިވީ ގޮތް ފެންނަ ވީޑިއޯއެއް އެރޭ ވަނީ އާއްމުކޮށްފައެވެ. 

ފުލުހުން ފުރަތަމަ ދެއްކި ސީސީޓީވީ ފޫޓޭޖުން ފެންނަނީ އަދުހަމް ބޮންގޮއްވާލުމުގެ ކުރިން އަތަމާ ޕެލެސްތެރޭ މަޑުކޮށްލައިގެން އެކަމަށް ތައްޔާރުވަމުންދިޔަ ތަނެވެ. އެގޮތުން ފޯނުން ކޮންމެވެސް މީހަކާއި ދެތިން މިނެޓަކަށް އެތަނުގައި ވާހަކަދައްކަަން ހުރުމަށްފަހު، މަޑުމަޑުން މަގުމައްޗައް ނިކުމެ ބޮންގޮއްވާލާ މަންޒަރު ފެނެއެވެ. 

ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ އަތަމާ ޕެލެސްތެރޭ އަދުހަމް ހުރިއިރު އޭނާ ފާރުގައި ފައިޖައްސާފައިވާ ތަންތަނުން ފުޓް ފްރިންޓު ނަގާފައެވެ. ފުލުހުންބުނީ އަދުހަމް ހައްޔަރުކުރުމަށްފަހު   އޭނާގެ ފައިން ނެގުނު ޕުޓް ޕްރިންޓާއި އޭރު އަތަމާ ޕެލެސްތެރެއިން ނެގި ޕްރިންޓާއި ދިމާވާ ކަމަށެެވެ. 

ބޮންގޮއްވާލުމަށްފަހު އަދުހަމް އެވަގުތުން ފެށިގެން ފިލަން ދިޔަގޮތްވެސް ފުލުހުން ވަނީ އެނިމޭޓެޑް ވީޑިއޯއަކުން ދައްކާލާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް