ads
ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)
މާލޭގައި ސެލްފް ސާވިސް ޕެޓްރޯލް ޝެޑެއް ގާއިމުކުރަނީ
މި އަހަރު ތެރޭގައި މާލެ ސަރަހައްދުގައި ސެލްފް ސާވިސް ޕެޓްރޯލް ޝެޑެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް އިން ބުނެފިއެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ މިހާރުވެސް މާލެ ސަރަހައްދުގައި ހުރި ޝެޑުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާ، މިހާރު މާލެ ސަރަހައްދުގައި ހުރި ބައެއް ޝެޑުތައް ޒަމާނީ ޓެކްނޮލޮޖީއާއެކު ހިދުމަތް ދެވޭ ގޮތަށް ބަދަލުކުރުމަށް ޑިޒައިންތަކާއި ކުރެހުންތައް ފައިނަލްކުރަމުންދާކަމަށްށެވެ. އެގޮތުން މާލޭގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ހުރި ވަގުތީ ޕެޓްރޯލް ޝެޑުގެ ސައިޒާއި ކެޕޭސިޓީ އިތުރުކުރުމަށް ނިންމައި، އެކަމަށް ބޭނުންވާ ޕްލޭންތަކާއި ޑިޒައިންތައް މިހާރު ފައިނަލް ކުރެވިފައިވާކަމަށް ވެސް ގަސަމް ވިދާޅުވިއެވެ. 

މާލޭގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ހުރި ޝެޑު ޒަމާނީ ފެންވަރަށް ތަރައްގީކުރާއިރު އެތަނުން އެއްފަހަރާ 14 ސައިކަލަށް ޕެޓްރޯލް އެޅުމުގެ ޖާގަ އަދި ހަތަރުފުރޮޅުލީ އަށް އުޅަނދަށް އެއްފަހަރާ ހިދުމަތް ދެވޭނެކަމަށް ގަސަމް ވިދާޅުވިއެވެ. އަދިއެހެންމެ އެ ޝެޑު ތަރައްގީކޮށް ނިމުމުގެ ކުރިން މާލެ ސަރަހައްދުގެ ކޮންމެވެސް އެއް ޝެޑަކުން ސެލްފް ސާވިސް ހިދުމަތް ދިނުމަށް އެ ކުންފުނިން ނިންމާފައިވާކަމަށް ގާސަމް ވިދާޅުވިއެވެ.

ގަސަމް އިތުރަށް ވާހަކަދަށްކަވަމުން ވިދާޅުވީ އެފަދަ ޝެޑެއް ގާއިމުކުރުމުގެ ކުރިން މާލެ ސަރަހައްދުގައި އެފަދަ ސެލްފް ސާވިސް ޝެޑުތަކަށް އާންމުންގެ މެދުގައި ލިބޭ ތަރުހިބާއި، ކުންފުންޏަށް ލިބިގެންދާ ލުއިފަސޭހަތައް ބެލުމުގެ ދިރާސާއެއް ކުރިއަށް ގެންދަން ކުންފުނިން ނިންމާފައިވާކަމަށާ، އެގޮތަށް އެ މަސައްކަތް ކުރިއަށް ނުގެންދެވިގެން އުޅެނީވެސް ޕެންޑެމިކްގެ ސަބަބުން ކުރިމަތިވާ ދަތިތަކާހުރެ ކަމަށް ގަސަމް ވިދާޅުވިއެވެ.

މީގެއިތުރުން ގަސްމް ވިދާޅުވުވީ އެންމެ ފުރަތަމަ ސެލްފް ސާވިސް ޝެޑެއް ގާއިމުކޮށްގެން ކުންފުންޏަށާއި އާންމުންނަށް ލިބޭ ފަސޭހަތައް ބަލާނީ ހުޅުމާލޭގައި ހުންނަ ޕެޓްރޯލް ޝެޑުން ސެލްފް ސާވިސް ހިދުމަތް ދީގެންކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް