ads
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ދިރާގު
ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން ބާއްވާ ފެތުމުގެ މުބާރާތް ފަށަނީ
ދިރާގުގެ އެހީ އާއެކު މޯލްޑިވްސް ސްވިމް އިން އިންތިޒާމް ކޮށްގެން "ދިރާގު މާލޭ އޯޕަން" ގެ ނަމުގައި ފެތުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
Advertisement
ދިރާގުގެ އެހީ އާއެކު މޯލްޑިވްސް ސްވިމް އިން އިންތިޒާމް ކޮށްގެން "ދިރާގު މާލޭ އޯޕަން" ގެ ނަމުގައި ފެތުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

އޮކްޓޫބަރު 12 ވާ ހޮނިހިރު ދުވަހު ހެނދުނު ހަޔަކުން މެންދުރު 11 އަށް އެ މުބާރާތް ކުރިޔަށް ދާއިރު މުބާރާތުގައި 198 ފެތުންތެރިން ބައިވެރި ވެއެވެ.

"ދިރާގު މާލޭ އޯޕަން" ގައި އެއް ކިލޯމީޓަރުގެ އިވެންޓަކާއި 500 ކިލޯމީޓަރުގެ އިވެންޓެއް ކުރިޔަށް ދާނެ އެވެ. ހަތް އުމުރުފުރާއަކަށް ބަހާލައިގެން ބާއްވާ އެ މުބާރާތް ކުރިޔަށް ދާނީ ރަސްފަންނު ބޭރު ކަނޑުގަ އެވެ.

މުބާރާތަށް ހާއްސަ ކޮށްގެން މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ސްވިމް މޯލްޑިވްސްގެ ރައީސް ހުސެއިން ޝަމީމް ވިދާޅުވީ އެ މުބާރާތުގައި ކޮންމެ އުމުރުފުރައަކުން ވަނަތައް ހޮވުމާއެކު މުޅި މުބާރާތުން ވެސް ވަނަތައް ހޮވިގެން ދާނެ ކަމަށެވެ.

އަދި އަސްލު ހުނަރުތައް އޮތީ އަތޮޅުތަކުގައި ކަމަށާއި މާލޭގެ އިތުރުން އަތޮޅުތަކުގައި ވެސް އެފަދަ ފެތުމުގެ މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

މުބާރާތާ ބެހޭ ގޮތުން ދިރާގުގެ ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ވިދާޅުވީ ސްވިމް މޯލްޑިވްސް އާއި ދިރާގާއި ގުޅިގެން އެފަދަ މުބާރާތެއް ބޭއްވިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ރާއްޖޭގައި އެހާ ބޮޑު ކަނޑެއް އޮންނަ އިރު މޫދު ކުޅިވަރުތައް ވަރަށް ބޮޑަށް ކުރި އަރުވަން ޖެހޭ ކަމަށެވެ.

މިރްޝާން އިތުރަށް ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި ޒުވާނުންގެ ކަންތައްތައް ކުރިއަރުވަން ދިރާގުން މަސައްކަތްތައް ކުރާ ކަމަށާއި ސްޕޮންސާ ކުރުމުގެ އިތުރުން އަމިއްލަ އަށް ވެސް އެފަދަ ހަރަކާތްތައް ހިންގާ ކަމަށެވެ.

"ދިރާގުން ވަރަށް ބޮޑަށް ޒުވާނުންގެ ކަންތައްތަކާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވެސް ވަރަށް ބޮޑަށް ޕްރޮމޯޓް ކުރަން. ވަރަށް ތަފާތު ހަރަކާތްތައް އަމިއްލަ އަށް ވެސް ހިންގަން. ސްޕޮންސާ ވެސް ކުރަން،" މިރްޝާން ވިދާޅުވި އެވެ.

އެ މުބާރާތަކީ ދިރާގާއި ސްވިމް މޯލްޑިވްސްއާ ގުޅިގެން ބާއްވާ އެންމެ ބޮޑު އެއް މުބާރާތެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް