ads
އިސްތަށިގަނޑެއް
ރީތި އިސްތަށިގަނޑެއް ބޭނުން ނަމަ ކާންވީ މި ކާނާ
ދުޅަހެޔޮ ރީތި އިސްތަށިގަނޑެއް ބޭނުން ނުވާނީ ކާކުހެެއްޔެވެ.

ރީތި އިސްތަށިގަނޑެއް ބޭނުންނަމަ ކާންވީ ކާނާތަށް މިއޮތީއެވެ.

ގްރީކް ޔޯގަޓް އަކީ ވަރަށް ޕްރޮޓީން ގިނަ އެއްޗެކެވެ. އަދި ގްރީކް ޔޯގަޓްގައި ވިޓަމިން ބީ5 ކިޔާ މާއްދާއެއް ހިމެނެއެވެ. މި މާއްދާއަކީ ބޮލުގައި ލޭ ހިނގުން ރަންގަޅު ކޮށްދީ އިސްތަށިގަނޑު ދިގުވުމަށް އެހީވެދޭ މާއްދައެކެވެ. މީގެއިތުރުން ބޮލުން އިސްތަށި ފޭބުން ހައްލުކޮށް ދިނުމަށް ވެސް އެހީ ވެދެއެވެ. މީގެއިތުރުން ދުޅަހެޔޮ އިސްތަށިގަނޑެއް ބޭނުން ނަމަ ސްޕިނިޗް ކާށެވެ. ސްޕިނިޗް އަކީ ވިޓަމިން އޭ އާއި އަޔަން ވަރަށް ގިނަ ކާނާ ކެވެ. އަދި މީގެއިތުރުން ވިޓަމިން ސީ، ބީޓާ ކެރެޓެން އަދި ފޮލޭޓް ހިމެނެ އެވެ. މީގެ ސަބަބުން އިސްތަށީގަނޑު ވަރުގަދަ ކޮށްދީ އިސްތަށިގަނޑު މޮއިސްޗާ ދަމަހައްޓައިދެއެވެ.

ދެން އެންމެ ގިނައިން ކާންވީ ފޭރެވެ. ފޭރަކީ ވިޓަމިން ސީ ގިނައިން ހުންނަ މޭވާ އެކެވެ. ފެން ބޯން ބޭނުން ކުރާ ތައްޓެއް ފުރެނދެން ހުންނަ ފޭރުގައި 337 މިލިގްރާމް ވިޓަމިން ސީ ހިމެނެއެވެ. 

މީގެއިތުރުން ރީތި އިސްތަށިގަނޑެއް ބޭނުން ނަމަ ގިނައިން މަސް ކާށެވެ. މަހަކީ ވަރަށް ޕްރޮޓީންގެ ގިނަ އެއްޗެކެވެ. އިސްތަށިގަނޑަށް ބޭނުންވާ ވަރަށް ޕޮރޮޓީން ނުލިބޭނަމަ އިސްތަށިގަނޑު ދިގުވުން ހުއްޓި ބޮލުން އިސްތަށި ފޭބުމަށް މެދުވެރިވެއެވެ.

އިސްތަށިގަނޑަށް އެންމެ ފައިދާކުރާ އެކައްޗަކީ ކައްޓަލައެވެ. ކައްޓަލައަކީ ކާލަން މީރު އަދި އެހާ ފައިދާ ކުރުވަނިވި ފަލަމަޑީގެ ބާވަތެކެވެ. ކައްޓަލަގައި އެންޓިއޮކްސިޑެންޓެއް ކަމަށްވާ ބީޓާ ކެރޮޓިން ހިމެނެއެވެ. މި މާއްދާއަކީ އިސްތަށިގަނޑު ހިކުމުން ރައްކާތެރިކޮށް ދޭ މާއްދާއެކެވެ. އިސްތަށިގަނޑަށް ފައިދާ ކުރާ ކާނާ ތަކުގެ ތެރޭގައި ފޮނިތޮށިވެސް ހިމެނެއެވެ. 

ފޮނިތޮއްޓަކީ ލޭ ހިނގުން ރަނގަޅުކޮށް ދޭ އެއްޗެކެވެ. މީގެ އިތުރުން ބިހަކީވެސް އިސްތަށިގަނޑަށް ވަރަށް ފައިދާ ކުރުވަނިވި ކާނަ އެކެވެ. ބިހަކީ އިސްތަށިގަނޑު ދިގުވުމަށް ބޭނުންވާ މާއްދާއެއްކަމަށްވާ ބައޮޓިން ހިމެނޭ އެއްޗެ ކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް