އެރަށު ކައުންސިލް ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ އުކުޅަހުގައި ކުރިއަށް ގެންދިޔަ މަސްރޭހުގައި މަކަރު ހެދިކަމަށް ބުނެ މީސްމީޑިޔާގައި ދެކެވެނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
ޝައުކަތު ވިދާޅުވީ އުކުޅަހުގައި ހިންގި މަސްރޭހުގައި ފޯރި ގަދަވުމުގެ ސަބަބުން އަޑު ގަދަވިކަމަށެވެ. އަދި އެ ފޯރީގައި ގިނަ ބަޔަކު ހަޅޭއްލެވުމުގެ ސަބަބުން ގިނަ ބަޔަކަށް މަސްލަހަތު ގެއްލި ހަމަނުޖެހުން ހިނގިކަމަށް ގިނަ ބަޔަކަށް ހީކޮށް ކުށްހީކުރެވުނީ ކަމަށެވެ.
މީގެ އިތުރުން ޝައުކަތު ވިދާޅުވީ އެތާ ތިބި މީހުންގެ ފޯރި ގަދަވީ، މަސްރޭހުގައި ބައިވެރިވާން އޮތް ޑިންގީއެއް ވަގުތައް ނައުމުން ކަމަށެވެ.
އަދި އެ ޑިންގީ އަވަހަށް އެތަނަށް ގެނެސްދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ގިނަ ބަޔަކު ފޯރީގައި ހަޅޭއްލެވިކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން މިހާރު މަސްރޭހުގެ ނަތީޖާ ފާޅުކޮށް ނިމިއްޖެކަމަށްވެސް ޝައުކަތު ވަނީ ވިދާޅުވެފައެވެ.