ads
ރައީސް ނަޝީދު ޖަރުމަނަށް ބޭސްފަރުވާއަށް ޖަރުމަނުގައި ހުންނަވައި އާންމުކުރި ފޮޓޯއެއް-
ރައީސް ނަޝީދަށް ދިން ހަމަލައާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ ބާއްވަނީ
ރައީސްނަޝީދަށް ދިން ހަމަލައާ ގުޅޭ ގޮތުން ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިރޭ ބައްވަން ނިންމައިފިއެވެ.

ފުލުހުން ބުނިގޮތުގައި މި ރޭގެ ޕްރެސްގައި މިބައްދަލު ވުމުގައި މައުލޫމާތު ދެއްވާނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމެ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، އެސިސްޓެންޓް ކޮމިޝަނަާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އެވެ.

މިބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މިރޭ 8:40 ގައި އިސްކަންދަރު ބިލްޑީންގުގެ މަލްޓި ޕާޕަސް ހޯލުގައެވެ. 

މެއި ހައެއް ގައި ދިން ހަމަލާގައި ތުހުމަތު ކުރެވޭ ހަތަރު މީހުންގެ ތަހުގީގު ނިންމައި މިމަހުގެ 21 ވަނަ ދުވަހު ފުލުހުން ޕީޖީއަށް ވަނީ ފޮނުވާފައެވެ. 

މައްސަލައިގެ ތަފްސީލް ހާމަކުރުމަށް މި މިއަދު ފުލުހުންނާއި ޕީޖީން ނޫސްވެރިންގެ ބައްދަލުމެއް ބާއްވާނެ ކަމަށް ޕީޖީ އޮފީހުން ކުރިންވެސް ވަނީ ބުނެފައެވެ. 

އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ބޮން ގޮއްވާލަން ރިމޯޓަށް ފިއްތި ވ. ތިނަދޫ އުމުރުން 26 އަހަރުގެ އަދުހަމް އަހުމަދު ރަޝީދު އާއި މއ. ފޭރުގެ އުމުރުން 21 އަހަރުގެ މުޖާޒު އަހުމަދު އާއި ގއ. ކޮނޑޭ، ފޮޅޭމާ، އުމުރުން 32 އަހަރުގެ ތަހުމީން އަހުމަދު އާއި ލ. ގަން، ދުންފިނިއުފާ، އުމުރުން 23 އަހަރުގެ އަހްމަދު ފާތިހު ހިމެނެ އެވެ.

މޭ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނިކުމެވަޑައިގެން ހިންގަވާފައި ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް ދިން ހަމަލާއެކެވެ. ހަމަލާދޭން ބޭނުންކުރި އައިޑީ ހަރުކޮށްފައިހުރީ ރައީސް ނަޝީދުގެ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމުގައި ޕާކޮށްފައި ހުރި ސައިކަލެއްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް